Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހޮލީވުޑް

'ޕްރިޓީ ލިޓްލް ލަޔާސް' ނިމުމަކަށް!

29 ޖޫން 2017 - 15:00

ޢައިޝަތު ނައުރާ

އަހަރެމެން އެންމެންވެސް އުންމީދުކުރި ދުވަސް އައިސް ޖެހިއްޖެއެވެ. ކޮންމެ އަނގާރަ ދުވަހަކު ކުރަމުން އައި އިންތިޒާރު ނިނުމަކަށް އައިސްފިއެވެ. 7 އަހަރުގެ ސިހުމާއި، ރުއިމާއި، ބިރުވެރިކަމަށްފަހު "ޕްރިޓީ ލިޓްލް ލަޔާސް" ނިމުމަކަށް އައިސްފިއެވެ. އަދި އަހަރެމެން އިނގެން ބޭނުންވެގެން ތިބި ސުވާލުތަކަށް ޖަވާބުވެސް ލިބުނީއެވެ. "އޭ.ޑީ" އަކީ ކާކުބާ؟

އާދެ، ދިގު އިންތިޒާރުގެ ނިމުން މިއައީ އެވެ!

 

via GIPHY

"އޭ.ޑީ" އަކީ އެލެކްސް ޑްރޭކް އެވެ!

މިހާރު ސުވާލަކީ އެލެކްސް ޑްރޭކް އަކީ ކާކުތޯ އެވެ!

އެއީ އިންގްލެންޑްގައި އުޅެ ބޮޑުވި ސްޕެންސާ ގެ އެންމާބަނޑު ދައްތަ އެވެ.

ދެން ސުވާލަކީ "އޭ.ޑީ" މި ހުރިހާ ކަމެއް ކުރީ ކީއްވެ ހެއްޔެވެ؟

ކަންވީގޮތަކީ އެލެކްސް އައީ ރެން އާއި ދިމާވުމުން، ސްޕެންސާގެ ވާހަކަ އިނގުނީއެވެ. އަދި އެލެކްސް އެކަނި ހާލާ އުޅެބޮޑުވިއިރު، ސްޕެންސާ އަކީ މައިބަފައިންނާއި އެކު ރަނަގަޅު ދިރިއުޅުމެއް ލިބިފައިވާ ކުއްޖެކެވެ. މީގެ އިތުރުން، ސީސީ އަކީ އެލެކްސް ގެ އެއްބަނޑު ދައްތައެކެވެ. އަދި ސީސީ ގެ މަރުގެ އިލްޒާމް އެލެކްސް އެޅުވީ ސްޕެންސާއަދި އޭނާ ގެ އެކުވެރިން ބޮލުގައެވެ. ވިމާ، ކުރީގެ ހަސަދައާއި، ސީސީގެ މަރުގެ ބަދަލު ހިފުމަށް އެލެކްސް "އޭ.ޑީ" ގެ ގޮތުގައި ނިކުމެ އެމީހުންނަށް އެކިއެކި އުނދަގޫ ތަކާއި ކުރިމަތިކުރީއެވެ.

ސީޒަން ފަށައިގެން އައި ސުރެ، ސްޕެންސާގެ އެންމާބަނޑު ދައްތައެއް ހުންނާނެ ވާހަކަ އައީ ސޯޝަލް މީޑިއާގައި އޮލަ ވާހަކައަކަށް ވެފައެވެ. ވީމާ، މި ނިމުން އެހާބޮޑު ސިހުމަކަށް ގިނަބަޔަކަށް ވެގެންނެއް ނުދެއެވެ.

އެހެންނަމަވެސް، އަހަރެމެންނަށް ނުލިބި ހުރި ޖަވާބުތަށް ލިބުނީއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން