Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހޮލީވުޑް

އަލާޑިން ކާރޓޫނަށް ބިނާކޮށް ހަދާ ފިލްމުގެ ތަރިން ޑިޒްނީއިން ހާމަކޮށްފި

16 ޖުލައި 2017 - 11:29

އާޝިޔާ މުޙައްމަދު

މި ޚަބަރު ޑިޒްނީއިން ދިނީ ޑިޒްނީ ފޭން ކޮންވެންޝަންގެއެވެ. ލީޑް ރޯލު ކުޅޭނެ 3 ތަރިންގެ ފޮޓޯ އެންމެންގެ ތެރޭހާމަކުރީ މި ފިލްމުގައި ކުޅޭނެ ބައެއް އެނގެން ކެއްމަދުވެފައި ހުއްޓާއެވެ. އަދި އެންމެ މަޤުބޫލުކަމެއް ލިބުނީ އަލާޑިންގައި އުޅޭ ޖީނީ ގެ ރޯލު އަދާ ކުރާނެ ތަރިއަކީ ކޮބާކަން އެނގުމުންނެވެ.

އަލާޑިން އަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ކުޑަ އިރު ބަލާ އަދި ލޯބި ކުރި ކާޓޫނެކެވެ. އަރަބި ވާހަކައަކުން ނަގާފައިވާ މި ކާޓޫނަކީ ގިނަ މީހުންގެ މެދުގައި މަޤުބޫލު އެއްޗެކެވެ. ވަރަށް ގިނަ ދުވަހުގެ މަސައްކަތަކަށް ފަހު ތަރިން ހަމަ ޖެހުމުން މިހާރު ފިލްމު ނެރޭނެ ދުވަހަކަށް ގިނަ ބަޔަކު ކެއްމަދުވާނެކަން ޔަގީނެވެ.

އަލާޑިންގެ ރޯލް ކުޅޭނީ މެނާ މަސްއޫދުއެވެ. މަސްއޫދަކީ ހޮލީވުޑްއަށް މުޅިން އައު މޫނެއް ނޫނެވެ. މާ ފާހަގަ ވާވަރު މަސައްކަތެއް އަދި ކޮށްފައި ނުވިއަސް ގިނަ ބައަކު ދެކެނީ އަލާޑިން އާއި އެއްވެސް ވަރަކަށް ވައްތަރު ނޫންކަމަށެވެ. ނަމަވެސް އޭނާގެ ހިނިތުންވުން ގިނަ ބަޔަކަށް ވަނީ ކަމުގޮއްސައެވެ.

ޖޭޒްމިން ގެ ރޯލު ކުޅޭނީ ނައޯމީ ސްކޮޓްއެވެ. މީނާ މަޝްހޫރުވެފައިވަނީ ޕަވަރ ރޭންޖަރޒް ފިލްމުގައި ކިމްބަރލީ ހާރޓް ނުވަތަ ޕިންކު ޕަވަރ ރޭންޖަރ ގެ ގޮތުގައެވެ.

ޖީނީގެ ރޯލު އަދާކުރަން ހަމަޖެހުނީ ވިލް ސްމިތްއެވެ. އެންމެންގެ ތެރޭގައި ވަރަށް މަޤުބޫލުކަން ލިބިފައިވާ މި އެކްޓަރަކީ މި ދާއިރާގެ އެންމެ މަތީ ގިންތީގައި ހިމެނޭ ތަރިއެކެވެ.

އަލާޑިން އަކީ 1992 ވަނަ އަހަރުގެ ބޮކްސް އޮފީހުގެ އެންމެ މަޤުބޫލު އަދި އެންމެ ލާރި ލިބުނު ފިލްމެވެ. އަދި 2 އޮސްކާވެސް ލިބިފައިވާ އެއްޗެކެވެ. އުއްމީދުކުރެވެނީ ފިލްމު ވެސް ހަމަ އެހާ ރީތި ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން