Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ރާއްޖޭގެ މީޑިއާ

މޯލްޑިވިއަން އައިޑަލްގެ ފައިނަލް 13 ވަނަ ދުވަހު!

11 މޭ 2017 - 12:41

މަރިޔަމް ލައިސާ

މޯލްޑިވިއަން އައިޑަލްގެ ވާދަވެރި ބުރުތަކެއް ނިންމުމަށްފަހު އެކި ބައިވެރިން ވަކިވަމުން ގޮސް މިހާރު ތިބީ އެންމެ ތިން ބައިވެރިންނެވެ. މި ތިން ބައިވެރިން ތެރެއިންވެސް އެއްވަނައަށް ދާ ފަރާތެއް ހޯދާވަގުތު އައިސް ޖެހެނީއެވެ. ކޮންމެ ބައިވެރިއަކުވެސް ބުރަ މަސައްކަތާއިއެކު މިހިސާބަށް ވާޞިލުވީ އެތައް ބައެއްގެ ލޯތްބާއި، ހިތްވަރާއި އެއްބާރުލުން ލިބިގެންކަން ކަށަވަރެވެ.

ދިރާގު ޕްރެސެންޓްކޮށްގެން އެތައް ބަޔަކު ސްޕޮންސަރ ކޮށްފައިވާ މޯލްޑިވިއަން އައިޑޮލްގެ ފައިނަލް މި ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމޫދް އަހުމަދު، ޝަމްވީލް މުހައްމަދު އަދި މުހައްމަދު ތަސްނީމް ފައިނަލްގައި ވާދަ ކުރާއިރު އެއްވެސް ބޭފުޅަކަށް މޮޅުވާނީ ކާކު ކަމެއް ޔަޤީންކޮށް ބުނެދޭކަށް ނޭނގޭނެއެވެ. މޯލްޑިވިއަން އައިޑަލް ބަލަމުންދާ ކޮންމެ ފަރާތަކުންވެސް ހޮނިހިރު ދުވަހުގެ ރެއަށް އިންތިޒާރު ކުރަމުން ގެންދާނޭކަން އެއީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. އަދި ނަތީޖާއަށް ކެތްމަދުވެފައި ތިބޭނެކަންވެސް އެއީ ސައްތައިން ސައްތަ ޔަޤީންކަމެކެވެ.

މޯލްޑިވިއަން އައިޑަލް ޔޫޓިއުބުން އަދި ފޭސްބުކް އިން ލައިވްކޮށް ސްޓްރީމް ކުރެވޭ އިރުގައި ޓީވީއެމް އިންވެސް ލައިވް ކުރާނެއެވެ. އެހެން ކަމުން، ހޮނިހިރު ދުވަހަށް އިންތިޒާރު ކޮށްލައްވަމާތޯއެވެ؟

މި ލިޔުމާ ގުޅުންހުރި ލިޔުންތައް

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން