Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މިއުޒިކް

ޓޭލާރ ސްވިފްޓް ގެ އައު އަލްބަމެއް ނުކުންނަން އުޅޭ ޚަބަރު، ޓޭލާރ ގެ ފޭނުންނަށް އުފާވެރި ޚަބަރެއް!

11 މޭ 2017 - 21:50

މަރިޔަމް ލައިސާ

ޓޭލާރ ސްވިފްޓްގެ ވާހަކަ އަޑު ނީވި ޓޭލާރ ސްވިފްޓް އަޅުގަނޑުމެންނަށް ނުފެންނަތާ ދުވަސް ކޮޅެއްވެދާނެއެވެ. އެއީ ނަޝްވިލްގައި ހުރެގެން އޭނާގެ ކުރިއަށް އޮތް އަލްބަމް ނެރުމަށް މަސައްކަތް ކުރަމުން ދާތީކަމަށް ޚަބަރުލިބެއެވެ. އެންމެ ފަހުން ޓޭލާރ ސްވިފްޓް ނެރުނު "ސްމޭޝް 1989" އަލްބަމް ނެރެފައިވަނީ މީގެ 3 އަހަރު ކުރިން 2014 ވަނަ އަހަރު އެވެ. އެ އަލްބަމް ނެރެފައި ވަނީ 2006 ވަނަ އަހަރުގެ އަލްބަމަށް ފަހު ވަރަށް ގިނަ އަހަރުތަކެއް ކޮށްލާފައެވެ.

އީނިއުސް އަށް ޚަބަރުދެމުން ނަންނޭނގޭ ފަރާތަކުން ބުނި ގޮތުގައި ޓޭލާރ ސްވިފްޓް ނަޝްވިލްގައި އޭނާގެ ކުރިއަށް އޮތް އަލްބަމަށް ލަވަ ލިޔެ، ލަވަ ރިކޯޑުކޮށް ހަދަމުންދާތާ އެތައް މަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އޭނާ ސޯޝަލް މީޑިއާގައި އެހާ ބޮޑަށް ހަރަކާތްތެރި ނުވަނީ ވެސް މިކަމާއި ގުޅިގެން ކަމަށް ވެސް ވަނީ އޭނާ ބުނެފައެވެ. "އޭނާ އެކަމުގައި މަސައްކަތް ވަރަށް ގަދައަށް ކުރަމުން ގެންދަނީ އަދި ވަރަށް އަވަހަށް އެ އަލްބަމާއި ބެހޭ ގޮތުން އިއުލާން ކުރާނެ. ޓޭލާ ހުރީ އޭނާގެ އައު ލަވަތަށް ފޭނުންނަށް އަޑުއިއްވުމަށް ވަރަށް ކެތްމަދުވެފަ." އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

28 އަހަރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާރ ސްވިފްޓް އަކީ ގިނަބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާ ވަރަށް ކުރިއަރާފައިވާ ޒުވާން ތަރިއެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން