Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މިއުޒިކް

ލަވަކިޔުންތެރިޔާ އަދްނާން ސާމީއަށް ލިބުނީ އަންހެން ދަރިއެއް!

11 މޭ 2017 - 11:38

މަރިޔަމް ލައިސާ

2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ކައިވެނީގެ ގޮތުން ގުޅުނު މަޝްހޫރު ލަވަކިޔުންތެރިޔާ އަދްނާން ސާމީގެ އަންހެނުން ރޯޔާ ސާމީ ވިހެއީ އަންހެން ކުއްޖެކެވެ. އަދި މި ދެމަފިރިންވަނީ އެކުއްޖާއަށް މެދިނާ ސާމީ ޚާންގެ ނަމުން ނަންދީފައެވެ. އަދުނާން ސާމީ ވަނީ އިއްޔެގެ ވަގުތެއްގައި ކުރި މި ޓްވީޓުން އެކަން ސާބިތުވެސް ކޮށްދީފައެވެ. "ރޯޔާ އަދި އަޅުގަނޑަށް ޖަވާހިރެއް ފަދަ އަންހެން ކުއްޖެއް މިވަނީ ދެއްވާފައި. އަޅުގަނޑުމެން އެ ކުއްޖާއަށް ކީ ނަމަކީ މެދިނާ ސާމީ ޚާންއެވެ. ދުޢާވެސް ކުރީ އަންހެން ކުއްޖަކަށް. ވަރަށް އުފާވެއްޖެ!" އެ ޓްވީޓްގައި ވެއެވެ.

"ދެމައިންގެ ހާލުވެސް ރަނގަޅު. މެދިނާ އެއީ އަޅުގަނޑުމެންނަށް ދިމާވި އެންމެ އުފާވެރި އެއް ކަންތައް. އަޅުގަނޑުމެން ދެމީހުން ވެސް އަބަދުވެސް ބޭނުންވީ އަންހެން ކުއްޖެއް އަދި ރޯޔާ އަކީ މިހާރުވެސް އަހަރެންގެ ނަސީބުކަމަށް ޤަބޫލު ކުރަން. އަދި މިކުއްޖާ އުފަންވުމުން އަޅުގަނޑަށް މިއުޒިކް އުފައްދަން އައު ހިތްވަރެއް ލިބިއްޖެ. އަހަރެންގެ ދުނިޔެ އެނބުރޭނީ މިކުއްޖާ ވަށާ." އަދުނާން ސާމީ ބުނެފައިވެއެވެ.

ބްރިޓިޝް ޕާލިމަންޓްގެ ހައުސް އޮފް ލޯޑްސް އިން ވަރަށް ފަހުން އަދުނާން ސާމީ އަށް އޭޝިއަން އެވާޑްއެއް ކަމުގައިވާ "އައުޓްސްޓޭންޑިންގް އެޗީވްމަންޓް އިން މިއުޒިކް" ގެ ހަނދާނީ ފިލާކޮޅުވަނީ އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން