Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މިއުޒިކް

ނިކީ މިނާޖް ގެ ފޭނުންނަށް އުފާވެރިކަމެއް!

8 މޭ 2017 - 08:53

މަރިޔަމް ލައިސާ

ނިކީ މިނާޖް މިއަދު ހެނދުނު ކޮށްފައިވާ ޓްވީޓެްއްގައި ބުނެފައިވަނީ، ސްކޫލު ފަރާތުން ހެއްކާއިއެކު ސީދާ "އޭ" ގްރޭޑް ހާސިލް ކުރާކަން ނިކީ މިނާޖްއަށް ދައްކައިފި ނަމަ އެ ކުދިންގެ ކިޔެވުމުގެ ޚަރަދު ކޮށްދޭނެކަމަށެވެ.

އެތަށް ޢަދަދެއްގެ ފައިސާއަށް އެދިފައިވާ އެދުންތަކަށް ޖަވާބު ދެމުން ނިކީ މިނާޖް ބުނެފައިވަނީ ކުރިއަށް އޮތްތަނުގައި އަނެއްކާވެސް ފައިސާގެ އެހީ އެއް ދޭނެކަމަށެވެ.


ނިކީ މިނާޖް މިކުރި ޓްވީޓްއާއި ގުޅިގެން އެކި މީހުންވަނީ ރިޕޯޓް ކަރުދާހާއި އެމީހުންގެ މާލީ ހާލަތްތައް ބަޔާން ކުރާ ލިޔުންތައް އޭނާއަށް ފޮނުވާފައެވެ.


ގިނަ މީހުން އެދިފައިވަނީ 1000 ޑޮލަރަށް ވުރެ މަދު ފައިސާގެ އަދަދަކަށެވެ. ނަމަވެސް، އެއް ފިރިހެން ކުއްޖަކަށް، އޭނާ ކުރަން އުޅޭ ކަންތައް ހެއްކާއިއެކު ދައްކައިފިނަމަ 6000 ޑޮލަރު ދޭނެކަމަށް ނިކީ މިނާޖް ބުނެފައިވެއެވެ. އަދި ޖޯޝް ނަމަކަށް ކިޔާ މި ފިރިހެން ކުއްޖާ ވަނީ، އެއީ އޭނާގެ ކިޔެވުމަށާއި، ފޮތްތަކަށާއި، ހުރުމަށާއި އަދި ކާން ކަމުގައި ބުނެފައެވެ.

30 ފޭނުން އިޚްތިޔާރު ކުރަމުން ނިކީ މިނާޖް ސަމާސާ ކޮއްލަމުން ބުނެފައި ވަނީ، އޭނާ ފައިސާގެ އެހީ ދިނުން ހުއްޓަނުލައިފި ނަމަ އޭނާ އަތުގައި އިތުރަށް ފައިސާ ނުހުރެދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން