Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މިއުޒިކް

އެޑަލްގެ އެންމެ ފަހު 2 ޝޯ ކެންސަލް!

3 ޖުލައި 2017 - 16:49

ޢައިޝަތު ނައުރާ

އެޑަލްގެ ވޯކަލް ކޯޑަށް ލިބުނު ގެއްލުމަކާއި ގުޅިގެން އެޑަލް އޭނާ ކުރިއަށް ގެންދިޔަ ޝޯ ތަކުތެރެއިން 2 ޝޯ ކެންސަލްކޮށްފިއެވެ.

29 އަހަރުގެ މި ލަވަ ކިޔުންތެރިޔާއަކީ ދުނިޔޭގައި އެންމެ ނަން ހިނގާ އެއް ލަވަކިޔުންތެރިޔާއެވެ. އަދި މި ލަވަކިޔުންތެރިޔާ ކުރިއަށްގެންދަމުންދިޔަ ޝޯތަކުގެ ތެރެއިން އެންމެ ފަހު 2 ޝޯ ކެންސަލް ކޮށްލެވުނުއިރު ވަނީ ޓިކެޓް އެއްކޮށް ވިކި މުޅި ޝޯ ފުރިފައެވެ. އެހެންނަމަވެސް، ދިމާވި ކުއްލި ހާދިސާއާއި ގުޅިގެން ޝޯ ކެންސަލް ކޮށްލަން ޖެހުނީއެވެ.

ޝޯ ކެންސަލް ކޮށްލަން ޖެހުނީ އެޑަލް ބުނާ ގޮތުން، ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން އިތުރަށް އޭނާ ލަވަ ކިޔައިފިނަމަ އިތުރު ގެއްލުމެއް ލިބިދާނެކަމުގެ ބިރު އޮތުމުންނެވެ. މި ޝޯ ތަކުގެތެރެއިން އެޑަލް ވަނީ 121 ޝޯ ނިންމާފައެވެ. އަދި ޝޯ ކެންސަލް ކޮށްލަން ޖެހުމުން އެޑަލް ވަނީ ނިހާޔަތަށް މައާފަށް އެދިފައެވެ، އަދި ހަމައެހެންމެ ޓިކެޓްތަކަށް ރީފަންޑު ދޭނެ ކަމުގައިވެސް އެޑަލް ވަނީ ބުނެފައެވެ.

އެޑަލް މިކަމާއި ކުރާ ހިތާމަ ހަމަ ބެލުންތެރިންނެކޭ އެއްފަދައެވެ. އަދި ޓްވިޓާ އެކައުންޓްގައި އެޑަލްވަނީ ބެލުންތެރިންގެ ކިބައިން މިކަމަށް މަޢާފަށް އެދިފައެވެ.  

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން