Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މުނިފޫހިފިލުވުން

ސްކޮޓްލޭންޑުގައި ކައިވެނީގެ ސަގާފަތް އޮންނަ ގޮތް

23 ނޮވެންބަރ 2017 - 09:00

ޙައްވާ އަޒްލީނާ ޢަލީ

ކައިވެންޏަކީ ކޮންމެ ސަގާފަތަކާއި އާދަކާދައެއް އޮންނަ ތަނެއްގައިވެސް އޮންނާނެ ކޮންމެ ބަޔަކަށްވެސް މުހިންމު ކަމެކެވެ. އެކި ޤައުމުތަކުގައި ކައިވެނީގެ ސަގާފަތް ތަފާތުވާއިރު ސްކޮޓްލޭންޑުގައި ކައިވެނިކުރާ ގޮތަކީ ހައިރާންކަން ގެނެސްދޭ ކަމެކެވެ. އެތާގައި ކައިވެނި ކުރާއިރު މިހާރުވެސް އޮންނަ އެއްސަގާފަތަކީ "ބްލެކެނިން" ކިޔާ ކަމެއް ކުރުމެވެ. ދިވެހިންގެ ތެރޭގައި ކޯޑު ކަޑާ މީހާގެ ގައިގައި ކަޅުތެޔޮ ހާކާ ގޮތަށް ސްކޮޓްލޭންޑުގައި އިންނަން އުޅޭ ދެމީހުންގެ ގައިގައި ތާރާއި ބިސް އަދި ފުށް އަދި ދޫނި ފަތް ފަދަ އެއްޗެހި ޖަހައި އިންނަން އުޅޭ ދެމީހުން މުޅިން ހަޑިކޮށްލައެވެ. މިސަގާފަތް އޮތުމުގެ މަޤްސަދަކީ ކައިވެނިކޮށްގެން ދިރިއުޅުމަކީ އުދަނގޫ ބުރަ ކަމެއްކަން އިންނަން އުޅޭ ދެމަފިރިންނަށް ވިސްނައިދިނުމެވެ.

މިޒަމާނުގައި ކައިވެންޏަކީ ރީތި އުފާވެރި ހަފުލާއަކަށް ވިޔަސް ދިރިއުޅުމަށް ފެށުމުން އަންނަ އަޑިގުޑަންތަކުން އަރައިގަންނަން ގިނަ ދެމަފިރިންނަކަށް ނޭގެއެވެ. ކައިވެނި ކުރަނީ ފަސޭހަ އުފާވެރިކަމެއް ކަމުގައި ދެކިގެންނެވެ. ނަމަވެސް ސްކޮޓްލޭންޑުގެ މީހުން އެމީހުންގެ އިންނަން އުޅޭ ދެމީހުންގެ ކިބައިން މިފިކުރު މުޅިން ނެތިކޮށްލައެވެ. އެދުވަހުގައި އިޙްސާސްވާ މީހުންގެ އުދަނގުލާއި ލަދު ގަންނަން ޖެހުމުގައި ދެމީހުން އެއްކޮށް ކުރިމަތިލުމަކީ އެމީހުން ޤަބޫލުކުރާ ގޮތުގައި ދެމަފިރިން އެކުގައި ހިތާމަތަކާއި އުދަނގޫތަކަށް ކުރިމަތިލާން ތައްޔާރުކޮށްދޭނެ ކަމެކެވެ. އަދިވެސް ސްކޮޓްލޭންޑުގައި އޮންނަ މިސަގާފާތުގެ ސަބަބުން ބައެއް މީހުން އާއިލާއާއި ރައްޓެހިންގެ މިއުދަނގުލުން ސަލާމަތްވެގެން ކައިވެނި ކުރަން އެހެން ޤައުމުތަކަށްވެސް ގޮސްއުޅެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން