Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކެއުން ބުއިން

މިއިން އެއްވެސް މައްސަލައެއް ދިމަވާނަމަ އިނގުރު ބޭނުން ނުކުރާށެވެ.

11 އޮގަސްޓް 2017 - 14:36

ޙައްވާ މައިޝާ އިބްރާހީމް

އިނގުރަކީ އޭގެ ޒާތުގައި ހަށިގަނޑަށް އެތަކެއް ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. ހަޖަމްކުރުމުގެ ނިޒާމާއި ހަށިގަނޑު ސާފުކޮށްދިނުމަށް އެހީވެއެވެ. އެހެން ނަމަވެސް އިނގުރު ބޭނުން ކުރުމުން ފައިދާ ނުލިބޭ ހާލަތްތައް ވެސް މެދުވެރިވެއެވެ. ތިރީގައި މި ބަޔާންކުރާ އެއްވެސް ކަމެއް ދިމާވެފައި ވާނަމަ އިނގުރުގެ ބޭނުން އެއްވެސް ގޮތެއްގައި ނުކުރާށެވެ.

1. ލޭގައި މައްސަލައެއް ހުރުން.

އިނގުރަކީ ލޭ ދައުރުވުމަށް އެހީ ވެދޭ އެއްޗެކެވެ. އަދި ހަކުރު ބަލި ހުންނަ މީހުންނާއި މާފަލަ ވެފައިވާ މީހުންގެ އިތުރުން ނާރުތަކުގައި މައްސަލަ އުޅޭ މީހުން ބޭނުން ކުރުމަށް ވަރަށް ގިނައިން އަންގާފައިވާ އެއްޗެކެވެ.

އެހެން ނަމަވެސް "ހީމޯފީލިޔާ" ލޭ ހުންނަ މީހުން އެއްވެސް ވަރަކަށް އިނގުރު ބޭނުން ކުރާކަށް ނުވާނެއެވެ. މިބައްޔަކީ ލޭ ގަނޑު ވުމަށް ނުވަތަ ހަލާކުވެފައިވާ ތަންތަނުން ލޭ މަނާ ކުރުމުން ދުރުކުރާ ބައްޔެކެވެ. އަދި މި ބަލި ޖެހިފައިވާ މީހަކު އިނގުރު ބޭނުން ކުރުމުން ބަލި ބޮޑުވެއެވެ. އިނގުރު މިބައްޔަށް ދީފައިވާ ބޭހުގެ އަސަރު ކަނޑުވާލައެވެ.

 

2. އުމުރާއި ނުގުޅޭ ބަރުދަނެއް ހުރުން.

ހަށިގަނޑުގައިވާ ފަލަވާ ބާވަތުގެ އެންޒައިމް މަސައްކަތްކުރުމުގައި އިނގުރަކީ އެހީވެދޭ ބާވަތެކެވެ. އިނގުރު ބޭނުންކުރުމުގެ ސަބަބުން ކާހިތްނުވުމާއި، މަސްތަކުގައިވާ މަސް މަދުވުމާއި އިސްތަށި ފޭބުން ދިމާވެއެވެ.

 

3. ބޭސްބޭނުން ކުރުން.

ވަކި ބައްޔަކަށް ބޭސް ބޭނުންކުރަމުން ދާނަމަ އިނގުރު ބޭނުން ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. މިސާލަކަށް ހަކުރުބަލި ފަދަބަލި ތަކަށެވެ. އިނގުރަކީ މިފަދަ ބަލިތަކަށް ބޭނުންކުރަމުން ގެންދާ ބޭހުގެ އަސަރު ކަނަޑުވާލާ އެއްޗެކެވެ.

        

4. މާބަނޑުވުން.

މާނބަޑު މީހުންނައް އިނގުރު ބޭނުން ނުކުރުމަށް އަންގާފައިވާ ސަބަބަކީ އޭގެ ސަބަބުން ބަނޑުގައި ރިއްސުމާއި ދުވަސް ނުފުރާ ވިހެއުން ފަދަ ކަންތަކާއި ކުރިމަތި ވެދާނެތީއެވެ. ވީމާ ވިހަން ކައިރިވުމުން ނުވަތަ ތިންވަނަ ޓްރައިމެސްޓާގައި އިނގުރުގެ ބޭނުން ނުކުރާށެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން