Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކެއުން ބުއިން

މި ބާވަތްތަކުގެ ކާނާ އެއްކޮށްގެން ކެއުމުން ދުރުހެލިވާށެވެ.

13 އޮގަސްޓް 2017 - 14:07

ޙައްވާ މައިޝާ އިބްރާހީމް

ބައެއްކަހަލަ ކާނާ އަކީ އެއްކޮށްގެން ކެއުމުގެ ސަބަބުން ސިއްހަތަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ. ބައެއްފަހަރު އެއީ ގެއްލުން ހުރި ކަމެއް ކަމަށްހީނުވިއަސް އެއީ ގިނަ ދުވަސް ތަކަކުން ހަށިގަނޑަށް ގެއްލުން ލިބިދޭ ކަންތަކެވެ.

1. ލުނބޯ އަދި ކެއްސާއިރު ކާ ބޭސް

ލުނބޯ އަކީ އޭގެ ޒާތުގައި ކޮލެސްޓްރޯލް ނައްތާލާ އެންޒައިމް ބަންދުކުރާ އެއްޗެކެވެ. ކެއްސާ ބޭސް ބޭނުންކުރުމަކީ ހުތް ބޭނުން ކުރެވުމެވެ. އަދި މީތި ލެއާއި އެކުވެގެންދަނީ ކޮލެސްޓްރޯލް ނައްތާލާ އެންޒައިމް ފެއިލް ވުމުންނެވެ. މީގެ ސަބަބުން ބޭހުގެ ނޭދެވޭ އަސަރުތައް ފެނެއެވެ.

 

2. ކާ ވަގުތުގައި ފެން ބޭނުންކުރުން

މިގޮތަށް ކަންތައް ނުކުރުމަށް ވަރަށް ގިނަ ޑޮކްޓަރުން ލަފާދެއްވައެވެ. އެއީ ކާ ވަގުތުގައި ނުވަތަ ކައި ނިމުމާއިއެކު ފެން ނުބުއިމަށެވެ. މިގޮތަށް ފެން ބޯނަމަ ބަނޑަށް އުނދަގޫވުމާއި ހަޖަމް ކުރުމުގެ ވަގުތުގައި އުނދަގޫވެއެވެ. މަދުވެގެން 30 މިނެޓްގެ ވަގުތެއް ކައިގެން ފެން ބުއިމާއި ދޭތެރޭގައި ދުރުކުރާށެވެ. މިގޮތައް ކަންތައް ކުރުމުގެ ސަބަބުން ކާއެއްޗެހި ހަޖަމވުމާއި ބޭނުންވާ ހުރިހާ ނިއުޓްރިޝަން ހަށިގަޑައް ލިބުމައް އެހީވެއެވެ.

 

3. ކިރުގެ ބާވަތްތަކާއި އެންޓިބަޔޯޓިކްސް

އެންޓިބަޔޯޓިކްސް އަކީ ކެލްސިއަމް އަދި ދަގަނޑުގެ ބާވަތްތައް އެކުވާ ބާވަތަކަށް ވުމުން އެންޓިބަޔޯޓިކްސް އިން ހަށިގަނޑަށް ކުރަންޖެހޭ އަސަރު ނުކޮށްދެއެވެ. އެހެންކަމުން ކިރު، ޔޯގަޓް، އަދި ޗީޒް އެންޓިބަޔޯޓިކްސް ކެއުމުގެ 2 ގަޑިއިރު ކުރިން ނޫނީ އަދި ކެއުމަށް ފަހު ބޭނުން ނުކުރާށެވެ.

 

4. ދޮންކެޔޮ އަދި ކިރު

މިއީ ގިނަބަޔަކަށް އެންމެ ކަމުދާ މީރު ބާވަތެވެ. ނަމަވެސް ފަތްޕިލާ ވެލީގެ ބޭސް ވެރިން ވިދާޅުވާގޮތުގައި މިއީ އެންމެ ބަރު އަދި އެންމެ ގިނައިން ވިހަ މާއްދާތައް އުފައްދާވެސް ބާވަތެވެ. އެހެން ނަމަވެސް މި ދެބާވަތް އެއްކޮށްގެން ކާ ހިތްވާ ނަމަ ކާފުރުތޮޅި އަދި ކުޑަކޮށް ދޮންވެފައި ހުންނަ ދޮންކެޔޮ ބޭނުންކުރާށެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން