Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކެއުން ބުއިން

މިސަބަބާއި ހުރެ އާފަލް ކާންވީއެވެ.

7 ސެޕްޓެމްބަރ 2017 - 22:00

ފާތިމަތު މުހައްމަދު

ގަސްގަހާ ގެހި ބެހިފައިވާ ޢާއިލާ ތަކުގެ ތެރެއިން އާފަލު ގަސް ނިސްބަތްވަނީ ރޮޒޭސިއީ އޭ ކިޔޭ ޢާއިލާގެ މެލަސް އޭ ކިޔޭ ޖީނަސް އަށެވެ. ދުނިޔޭގައި އެންމެ ގިނަ ހައްދާ މޭވާގެ އެއްބާވަތަކީ އާފަލެވެ.  މިއީ ސިއްހަތަށް އެއިގެ ދސަބަބުން އެތައް ސިއްހީ ފައިދާތަކެއް ލިއްބައިދީ ގިނައިން ކާންވީ މުހިންމު މެވާއެކެވެ. މިގޮތުން އާފަލުން ލިއްބައިދޭ ޞިއްޙީ ފައިދާތަކަށް ބަލާއިރު، ލޭގެ ޕްރެޝަރު ދަށްކުރުން، ލޭގައި ކޮލެސްޓީރޯލް ހިމެނޭ މިންވަރު ދަށްކުރުން، އަރިދަފުސް ރޯގާޖެހޭ މިންވަރު ކުޑަކުރުން، ލޭގައި ހަކުރު އެކުލެވޭ މިންވަރު ދަށްކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

އާފަލުގައި ހިމެނޭ ޕެކްޓިން އަކީ ފަސޭހަ ކަމާއެކު ފެނަށް ގިރިގެންދާ ފައިބަރުގެ ބާވަތެކެވެ. މިމާއްދާ އާފަލުގައި ހިމެނޭ އެހެން މާއްދާތަކާއި ގުޅިގެން ލޭގައި ހިމެނޭ ކޮލެސްޓީރޯލްގެ ބައި ނެތިކޮށް މަދުކޮށްލުމުގައި ދައުރެއް އަދާކުރެއެވެ.

ފްރާންސްގެ އިންސްޓިޓިއުޓަކުން ދިރާސާ އެއް ހެދުމަށްޓަކައި މެދުޢުމުރުގެ ޞިއްޙަތު ސަލާމަތުން ތިބި 30 މީހުންނަށް އެއްމަސް ވަންދެން 2-3 އާފަލު ކާންދެވުނެވެ. މަހެއްގެ ފަހުން ބެލުނު ނަތީޖާ ތަކުން އެގުނު ގޮތުގައި ދިރާސާގައި ބައިވެރިވި 80 އިންސައްތަ މީހުންގެ ލޭގެ ކޮލެސްޓީރޯލްގެ މިންވަރު ހުރީ ދަށްވެފައެވެ.

ޢާންމުކޮށް އާފަލް ފަދަ މޭވާގެ ބާވަތްތައް ކާނަމަ ބަލިތަކާއި ދުރުކޮށްދެއެވެ. ބައެއް ވައްތަރުގެ އާފަލުގެ ވަހަކީ އެރޯމާ ތެރަޕީގެ ދުނިޔޭގައި އެވަހުގެ ސަބަބުން ހަމަޖެހުމާއި މަޑުމައިތިރިކަން ހޯދުމަށް ބޭނުންކުރެވޭ އެއްޗެކެވެ.

އާފަލުގައި ހިމެނޭ އެސިޑްގެ 90 އިންސައްތަ އަކީ މަލިކް އެސިޑެވެ. ތަބީޢީ ހަކުރުގެ ގޮތުގައި ގުނޭ ސަކްރޯޒް، އަދި ފަރަކްޓޯޒް ވެސް ގިނަ ޢަދަދަކަށް އާފަލްގައި ހުރެއެވެ. މިބުނި ތަބީޢީ ހަކުރުގެ މާއްދާތަކަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗަކަށް ނުވާތީ، އާފަލް ވެފައިވަނީ ހަކުރު ބަލީގެ އަހުލުވެރިންނަށް ފައިދާހުރި ކާނާއެއް ކަމުގައެވެ. މީގެ އިތުރުން ސިޓްރިކް އެސިޑް، އަދި ޓާރޓެރިކް އެސިޑްވެސް އެކުލެވިގެން ވެއެވެ.ާ

ފައިބަރު ގިނަ ޢަދަދަކަށް އެކުލެވޭތީ ބަނޑު ހިކުމުން ވެސް އާފަލު ބޭނުންކޮށް އުޅެއެވެ. ފްލޭވޮނޮއިޑް އަދި ވެސް އިތުރު އެންޓި އޮކްސިޑެންޓްތައް އެކުލެވުމުގެ ސަބަބުން ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ބަލިތަކުން މިންޖުވުމުގައި އާފަލު އެހީއަކަށް ވެއެވެ. އަދި ފެނުގެ ބައިވެސް އާފަލުގައި މަތިކަމަށްވާތީ ހުންގަދަވުމުން އާފަލު ބޭނުންކޮށްފިނަމަ ހުންތިރިވެގެން ދިއުމަށް އެހީތެރިން ވެދެއެވެ.

ކަންމިހެން އޮތް އިރު އާފަލް ނުކާންވީ ސަބަބެއް އެބަ އޮތް ހެއްޔެވެ؟ އާފަލުން ހަށީގަނޑަށް ލިއްބައިދޭ ލުއިކަމަށް ބަލައި އާފަލް ދޫކޮށްލަންވީ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން