Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކެއުން ބުއިން

80 އަހަރަށްފަހު އާ ވައްތަރެއްގެ ޗޮކުލެޓެއް، ހުންނަނީ ފިޔާތޮށިކުލައިގަ!

8 ސެޕްޓެމްބަރ 2017 - 09:00

މަސީއާ މޫސާ

ވައިޓް ޗޮކުލެޓް އީޖާދުކުރެވުނުތާ 80 އަހަރު ފާއިތުވެ ހިނގައްޖެއެވެ. އީޖާދުކުރެވެން އައި ހުރިހާ ބާވަތެއްގެ ޗޮކުލެޓެއް އީޖާދުކުރެވިއްޖެކަމަށް ޤަބޫލުކުރެވިފައިވަނިކޮށް ބެރީ ކޯލަބައުޓް އިން އީޖާދުކުރި ޗޮކުލެޓްގެ މި ބާވަތަކީ ފިޔާތޮށި ކުލައިގާ ހުންނަ ޗޮކުލެޓެކެވެ.

ފެނި ދެނިވެފައިވާ މިލްކް، ޑާކް އަދި ވައިޓް ޗޮކުލެޓަށް އިތުރުކޮށްލެވޭ ފިޔާތޮށި ކުލައިގެ މި ޗޮކުލެޓަށް ކިޔަނީ ފިޔާތޮށި ޗޮކުލެޓޭ ހީފުޅުނުކުރައްވާށެވެ. މިއަށް ކިޔަނީ ރޫބީ ޗޮކުލެޓެވެ.

ރޫބީ ޗޮކުލެޓަށް އޭގެ ފިޔާތޮށިކަން ލިބެނީ އެ އުފައްދަން ބޭނުންކުރާ ތަކެތީގެ ސަބަބުންކަމަށް ކޯލެބައުޓްއިން ބުނެއެވެ. އަދި އުފައްދަން ބޭނުންކުރާ އުކުޅުތަކުގެ ވެސް ސަބަބުންނެވެ.

އިތުރު ކުލަތަކެއް އެއްކުރުމަކާނުލާ ރޫބީ ކޮކޯ ބީންސް، ކޮކޯ ބަޓަރ، ޑެއިރީ އަދި ހަކުރު އެއްކޮށްގެން އުފައްދާ މި ޗޮކުލެޓަކީ މުޅިން އާ ރަހައެއް ކަމަށް ބެރީ ކޯލެބައުޓް އިން ބުނެއެވެ.

"ހިތި ރަހައޭ ނުވަތަ ކިރު ރަހައޭ ނުވަތަ ފޮނި ރަހައެކޭވެސް ނުބުނެވޭނެ. ހަމަ މުޅިން އެހެން ރަހައެއް،" ބެރީ ކޯލެބައުޓް އިން ބުނެއެވެ.

ބެރީއެއް އަދި ބެރީގެ ރަހައެއްވެސް އެއްކުރުމަކާނުލާ މޭވާގެ ރަހަ ނެރެވިފައިވަނީ ރޫބީ ކޮކޯ ބީންގެ ރަހަތައް އަޖުމަ ބަލާ، އެތައް އަހަރުތަކެއް ވަންދެން ތަހުލީލުތައް ކުރުމަށްފަހުގައިކަން ކޯލަބައުޓްއިން ފާހަގަކުރެއެވެ.

މަޝްހޫރު ސްވިސް ޗޮކުލެޓް އުފައްދާ ބެރީ ކޯލެބައުޓްގެ މި އުފެއްދުމަށް ބޮޑު ތަރުހީބެއް ލިބޭނެކަމަށް ގިނަ ފަރާތްތަކަކުން ޤަބޫލުކުރެއެވެ. އަދި މި ޗޮކުލެޓްގެ ކުލައިން އިންސްޓަގްރާމް ފީޑްތައް ފުރާ ބަންޑުން ކޮށްލާނެކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ރަހަ ކީއްކުރަންތޯއެވެ. ބައެއް ފަރާތްތަކުގެ މެދުގައި މި ޗޮކުލެޓް މަޝްހޫރުވެގެންދާނީ މީގެ ކުލައްށްކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން