Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކެއުން ބުއިން

ވިހެއުމަށްފަހު މިބާވަތްތައް ބޭނުންކުރަން އާދަކުރައްވާށެވެ.

29 ސެޕްޓެމްބަރ 2017 - 22:00

ފާތިމަތު މުހައްމަދު

އެތައް ވޭނެއް އެޅުމަށްފަހު ދަރިފުޅު ބަނޑުން އުފަންކުރުމަކީ ވަރަށް ވެސް ބުރަ އަދި ބޮޑު ހަނގުރާމައެއް ފަދަ ކަމެކެވެ. މިގޮތުން މިހަނގުރާމައާއި ކުރިމަތި ލުމަށްފަހު ކޮންމެ މަޔަކުވެސް އެމީހެއްގެ ހަށިގަނޑަށް ވިސްނަންޖެހޭނެވެ. ދަރިފުޅު ވިހެއުމުން ދަރިފުޅު ހިމާޔަތްކުރުމަކުން ނިމުނީއެއް ނޫނެވެ. އެއާ ވިދިގެން ބުރަ އުފުލި މީހާގެ ހަށިގަނޑަށްވެސް ލުއިކަން ގެނެސްދީ ދުޅަހެޔޮ ސިއްހަތެއްގެ ބެހެއްޓުން މުހިއްމެވެ. އެގޮތުން މި ފާހަގަކޮށްލެވޭ ބާވަތްތަކަކީ ހަށިގަނޑު ދުޅަހެޔޮކަން މަތީ ބެހެއްޓެން އޮތް ވަރަށް ބޮޑު ބާރެކެވެ.

އޯޓްސް

ޢޯޓްސްއަކީ ކެލްސިއަމް، ފައިބަރ، ޕްރޮޓީން އަދި ދަގަނޑުގެ ބައި ހިމާޔަތް ކޮށްދޭ ފަދަ ޤާބިލް ކަމެއް އޮތް އެއްޗެކެވެ. އަދި ހަށިގަނޑުގައި ޖަހާ ސަރުބީތަކަށްވެސް ލުއިކަން ގެނެސްދޭ އެއްޗެކެވެ. މިގޮތުން ކޮންމެ ދުވަހަކު ހެނދުނުގެ ނާސްތާގައި އޯޓްސް ބޭނުންކުރެވިދާނެވެ.

ލޯ-ފެޓް ކިރު

ކިރަކީ ވިޓަމިން ބީ އަދި ކަށިތައް ވަރުގަދަ ކޮށްދޭ އެންމެ މުހިންމު ބާވަތެވެ. މީގެ ސަބަބުން ކުޑަދަރިފުޅުގެ ކަށިތައްވެސް ވަރުގަދަކޮށް ހިފަހައްޓައިދެއެވެ. މިގޮތުން ކޮންމެ ދުވަހަކު 3 ތަށި ކިރު ބުއިން މުހިއްމެވެ.

ކަޅުދިރި ބޭނުންކުރުން

ކަޅުދިރި އަކީ ޝިފާއެއްކަމުގައި ވީހިނދު ހަށިގަނޑުގެ ތަދުތައް ލުއިކޮށްދޭނެވެ.

އިނގުރު

ހަށިގަނޑަށް ބޭނުންވާ މުހިއްމު ބާވަތްތަކާއި އެކު އިނގުރަކީ ވިހެއުމަށްފަހު ނުވަތަ ސިޒޭރިއަން ހެދުމަށްފަހު އަންނަ ޖަރާސީމުތަކުން ދުރުކޮށްދީ ހަށިގަނޑަށް އަވަހަށް ފަރުވާކޮށްދޭ މުހިއްމު އެއްޗެކެވެ.

ފަތްޕިލާވެލި

މިއީ ވަރަށްބޮޑަށް ދަގަނޑުގެ މާއްދާ ހިމެނޭ އެއްޗެއް ކަމުގައި ވީހިނދު މީގެ ސަބަބުން ފުރިހަމައަށް ހަކަތަ ލިއްބައިދީ އަވަހަށް ފަސޭހަކޮށްދެއެވެ. މިގޮތުން ބޮރޮކޮލީފަދަ އެއްޗެހި ގިނައިން ބޭނުންކުރައްވާށެވެ.

 

މި ބާވަތްތަކަކީ ޤުދުރަތީގޮތުން މައިމީހާގެ ހަށިގަނޑަށް ހޯދިދާނެ ފަރުވާތަކެކެވެ. ފަރުވާ ލިބެންދެން މި ބާވަތްތައް ބޭނުންކުރުމަކީ ކޮންމެ މަޔަކަށް ވެސް ކުރެވިދާނެ ކަންތައްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން