Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކެއުން ބުއިން

އޮރެންޖުން އެތަކެއް ފައިދާއެއް ލިބޭ

21 ސެޕްޓެމްބަރ 2017 - 09:00

ފާތިމަތު މުހައްމަދު

މޭވާއެއްގެ ގޮތުގައި ގުނާލެވޭ ފޮނި ލުނބޯ ނުވަތަ އޮރެންޖަކީ ޞިއްޙީ އެތަކެއް ފައިދާތަކެއް އެއިން ލިއްބައިދޭ މޭވާ އެކެވެ. މި މޭވާއަކީ ތަފާތު ވިޓަމިންތަކާއި، މަޢުދަންތައް، އަދި ހަށިގަނޑަށް ފައިދާހުރި ތަފާތު މާއްދާތަކުން މުއްސަނދި އަދި އަނގަޔަށް މީރު ފޮނި މޭވާ އެކެވެ. ތިރީގައި އެކުލަވާލާފައިވަނީ އޮރެންޖުން ލިބޭ ފައިދާތަކެވެ. 

ހަށިގަނޑުގައި ހިމެނޭ ސަރުބީގެ މިންވަރު ދަށްކުރުން

އޮރެންޖްގައި ހިމެނޭ ހެސްޕެރިޑިން އަދި "ޕެކްޓިން" (Pectin) އަކީ ހަށިގަނޑުގައި ހިމެނޭ ސަރުބީގެ ރަގަޅުނޫން ވައްތަރު (Low Density Lipoprotein/LDL) ދަށްކުރާއެއްޗެއްކަން ވަނީ ހޯދިފައެވެ. ޕެކްޓިން އަކީ ކާނާއިން ހަށިގަނޑަށް ސަރުބީ ނެގުން ނުވަތަ ދެމުން ދަށްކޮށް، ސަރުބީގެ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ. މީގެ އިތުރުން ތޮށިގަނޑުގައި ހުންނަ އަލްކަލޮއިޑް "ސައިނެފްރިން"(Synephrine) އަކީ ފުރަމޭ އިން ސަރުބީ އުފެއްދުން ދަށްކޮށްދޭ މާއްދާ އެކެވެ.

ލޭމައްޗަށްދިއުން ކުޑަކުރުން ނުވަތަ ލޭދަށްކޮށްދިނުން

ދިރާސާތަކުން އެނގިފައިވާ ގޮތުގައި އޮރެންޖްގައި ހިމެނޭ ފްލޭވޮނޮއިޑް ހެސްޕެރިޑިން އަދި މެގްނީޒިއަމް އަކީ ލޭގެ ޕްރެޝަރު ދަށްކޮށްދޭ މާއްދާ އެކެވެ.

ހިތާއި ލޭހޮޅިތަކުގެ މަސައްކަތްތަކަށް ލިބޭ ފައިދާތައް

އޮރެންޖްގައި ހިމެނޭ  ފޮލިކް އެސިޑް، ޑައެޓްރީ ފައިބަރު، އަދި ހެސްޕެރިޑިންއަކީ ހިތާއި ލޭހޮޅިތަކުގެ ނިޒާމް މަސައްކަތްތައް ސީދާގޮތެއްގައި ކުރިއަރުވައި ރަނގަޅުކޮށްދޭ މާއްދާ ތަކެކެވެ.

ޞިއްޙަތު ރަނގަޅު އަދި ދުޅަހެޔޮ ދަރިފަނި އުފެއްދުން

އޮރެންޖްގައި ހިމެނޭ ފޮލިކް އެސިޑަކީ ދަރިފަންޏެއްގެ ފުރިހަމަ ކަމަށް ބޭނުންތެރި މާއްދާ އެކެވެ. އަދި ފޮލިކް އެސިޑަކީ ދަރި ފަންޏަށް ވިރާސީ ބަދަލުތައް އައުމުން މިންޖުކޮށް، އުފަންވާއިރު ތުއްތު ދަރިފުޅުގައި ޢައިބުހުރުމުން ވެސް މިންޖުކޮށްދޭ މާއްދާ އެކެވެ.

ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެހީތެރިވުން

ޑައެޓްރީ ފައިބަރު ހުރުމުގެ ސަބަބުން ކާން ބޭނުންވާ މިންވަރު އަދި ކެވޭ މިންވަރު މަދުވެ، ބަރުދަން ލުއިވާގޮތް ވެއެވެ.

ހަމުގެ ޞިއްޙަތަށް ރައްކައުތެރިވުން

އޮރެންޖްގައި އެންޓި-އޮކްސިޑެންޓް ހުރުމަކީ ހަމަށް ފްރީ ރެޑިކަލްގެ ސަބަބުން ލިބޭ އަނިޔާއިން ސަލާމަތްކޮށްދީ، އުމުރުން ދުވަސްވުމުން ހަމަށް އަންނަ ބަދަލުތައް ކުޑަކޮށްދޭނެ ކަމެކެވެ.

ބަނޑާއި ގޮހޮރުގެ ފާރު އުފެދުމުން ރައްކައުތެރިކޮށްދިނުން

އޮރެންޖްގައި ވިޓަމިން ސީ ގިނަ މިންވަރަކަށް އެކުލެވިފައި އޮތުމުގެ ސަބަބުން މައިދާ އާއި ގޮހޮރުގައި ފާރު އުފެދުން ކުޑަކޮށްދީ، މައިދާގެ ކެންސަރު ޖެހުމުން ދުރުކޮށްދެއެވެ. 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން