Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކެއުން ބުއިން

ފޭރުގެ ސިއްހީ ފައިދާތައް އިނގޭ ހެއްޔެވެ؟

25 ސެޕްޓެމްބަރ 2017 - 22:00

ފާތިމަތު މުހައްމަދު

ދިވެހިންގެ ގޯތިތެރެއިން ފެންނަ ފޭރުގެ ފައިދާތަކަކީ ހަށިގަނޑެއްގެ ނިޒާމުތަކަށް ފެންބޮވައިގެންފައިވާ ފައިދާތަކެކެވެ. ޞިއްޙީގޮތުން ބަލާއިރު، ފޭރަކީ ހަށިގަނޑަށް ފައިދާ ހުރި އެތައް މާއްދާތަކެއް އެކުލެވިގެންވާ މޭވާ އެކެވެ. އޭގެ ތެރެއިން އެއް މާއްދާ އަކީ  ކެލްސިއަމެވެ. 165 ގުރާމުގެ ފޭރެއްގައި 50 މިލިގްރާމު ކެލްސިއަމް ހިމެނެ އެވެ. އާއްމުކޮށް އަޅުގަނޑުމެންނަށް ވިސްނިފައި އޮންނަ ފަދައިން، ކެލްސިއަމް ކޮށްދޭ ކަމަކީ ހަމަ އެކަނީ ހަށިގަނޑުގެ ކަށިތައް ވަރުގަދަ ކޮށްދިނުމެއް ނޫނެވެ. ކެލްސިއަމްއަކީ އެތައް ބައިވަރު ދައުރުތަކެއް އެއިގެ މައްޗަށް ބަރޯސާވާ އެއްޗެކެވެ. މިގޮތުން ފޭރުން ލިބިދޭ ކެލްސިއަމްގެ ޞިއްޙީ ފައިދާއާ މެދު ސަމާލުވުން މުހިންމެވެ.

ފޭރުގައި ހިމެނޭ މާއްދާތަކުގެ ތެރޭގައި ފޮސްފަރެސް ހިމެނެ އެވެ. 168 ގުރާމުގެ ފޭރެއްގައި 48 މިލިގްރާމަކީ ފޮސްފަރަސް އެވެ. މި މާއްދާ އަކީ ހަށިގަނޑުގައި ކެލްސިއަމް އަދާކުރާ ދައުރާ ދާދި އެއްކަހަލަ ދައުރެއް އަދާ ކުރާ މާއްދާ އެކެވެ. ހަށިގަނޑުގައި ހިމެނޭ ފޮސްފަރަސްގެ ގާތްގަނޑަކަށް 85% ހިމެނެނީ ކަށީގައާއި ދަތްތަކުގަ އެވެ. ހުންނަންވާ ނިސްބަތަށްވުރެ މި މާއްދާ ހަށިގަނޑުގައި ދަށްވެއްޖެ ނަމަ، ކަށިތައް ބަލިވެ ހީނަރުވާނެ އެވެ. ދަތްތަކުގެ ބާރު ދެރަ ވާނެ އެވެ. މީގެ އިތުރުން ވަރުބަލިވުމާއި ކާހިތްނުވުމާއި ބަރުދަންލުއިވެ އަނަރޫފަވުން ފަދަ މައްސަލަތައް ކުރިމަތިވާނެ އެވެ. ފޮސްފަރަސްގެ އެއްމެ ޚާއްޞަ ވަޒީފާ އަކީ، ކިޑުނީގެ މަސައްކަތުގައި އެހީތެރިވުމެވެ. މިގޮތުން ކާނާގެ ގޮތުގައި ހަށިގަނޑަށް އެތެރެ ކުރާބައިން ''ކުނީގެ ގޮތުގައި'' ބޭރުކޮށްލާބައި ރަނގަޅަށް ވަކިކޮށް ފިލްޓަރުކޮށްދިނުމަކީ ފޮސްފަރެސް އަދާ ކުރާ މުހިއްމު ދައުރެކެވެ.

އަނެއް ފައިދާ އަކީ ކާބޯހައިޑްރޭޓްސްއެވެ. މި ގްރާމްގެ ފޭރެއްގައި 19.6 މިލިގްރާމު ކާބޯހައިޑްރޭޓްސް ހުރެ އެވެ. މި މާއްދާ އަކީ ހަށިގަނޑަށް ބޭނުންވާ ހުރިހައި ހަކަތައެއްގެ މައިގަނޑު އަސްލެވެ. އިންސާނީ ހަށިގަނޑަކީ އެތައް ބިލިޔަން ހަތައިތަކަކުން (cells) އެކުލެވިގެންވާ އެއްޗެއްކަމުގައި ވާއިރު، އެއިން ކޮންމެ ހަތައެއް އޭގެ ޒާތުގައި ބިނާވެ ޙަރަކާތްތެރިވުމަށް ބޭނުންވާ ބާރާއި ހަކަތަ ލިއްބައިދެނީ ކާބޯހައިޑްރޭޓުސް އިންނެވެ.

ދެން އޮތީ ފައިބަރ އެވެ. ފޭރުގައި މި މާއްދާ ހިމެނެނީ 8.9 މިލިގްރާމްއެވެ. އެހެންކަމުން އެދެވޭ މިންވަރަށް ފައިބަރު ލިބިގަތުމަށްޓަކައި ފޭރުގެ ބޭނުން ކުރެވިދާނެ އެވެ. ހިތުގެ ބަލިތަކާއި ސަރުބީ އިތުރުވެ ނާރުތައް ބެދުމާއި، ލޭ މައްޗަށް ދިޔުންފަދަ ޞިއްޙީ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށްޓަކައި ވެސް ފޭރު ބޭނުން ކުރުމަކީ މުހިއްމު ކަމެއްކަމަށް ދީރާސާތަކުން އެނގިފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން