Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކެއުން ބުއިން

ޗިކަން މަޝްރޫމް ގްރޭވީ ރެސިޕީ

21 ނޮވެންބަރ 2017 - 22:00

ޙައްވާ އަޒްލީނާ ޢަލީ

ބޭނުންވާ ތަކެތި

- 4 ކުކުޅު ފައި 

- 1 ޖޯޑު ކޮށާފައިހުރި މަޝްރޫމް

- 1/2 ޖޯޑު ފިޔާ ކިއުބްކޮށް ކޮށާފައި

- 2 ލޮނުމެދު ހިމުންކޮށް ކޮށާފައި

- 1 ސައިސަމުސާ ރޯސްމެރީ ފަތް

- 1 ގިތެޔޮ މިރުސް

- 2 ހިކަނދި ފަތް 

- 1 ޖޯޑު ޗިކަން ބްރޮތް

- 1 މޭޒްމަތީ ސަމުސާ ފުށް

- ރަހަލާވަރަށް ލޮނު

- ރަހަލާވަަރަށް އަސޭމިރުސް

- ތެޔޮފޮދެއް

 

ތައްޔާރުކުރައްވާނެ ގޮތް

ކުކުޅުކޮޅަށް އަސޭމިރުހާއި ލޮނު އެޅުމަށްފަހު 20 މިނެޓް ވަންދެން މެރިނޭޑް ކޮށްލާށެވެ. އެއަށްފަހު ތެއްޔަށް ތެޔޮފޮދެއް އެޅުމަށްފަހު ކުކުޅުކޮޅު ރަނގަޅަށް ރޯފިލުވާށެވެ. ރޯފިލުމުން ކުކުޅުތައް ތައްޓަކަށް ނަގާށެވެ. ދެން އެއަށްފަހު ހަމަ އެތެއްޔަށް ފިޔަލާއި ހިކަނދިފަތް އަދި ލޮނުމެދު އެޅުމަށްފަހު ރަތް ކުރާށެވެ. ރަތްވުމުން މަޝްރޫމާއި ރޯސްމެރީ އެޅުމަށްފަހު ކުޑަކޮށް ހާވާލާށެވެ. މަޑުގިނީގައި ހުރިހާ އެއްޗެއް ރަތްވުމުން ޗިކަން ބްރޮތް އަދި ފުށް އެޅުމަށްފަހު ހަވާލާށެވެ. ރަނގަޅަށް ހުރިހާ އެއްޗެހި އެއްވުމުން ކުކުޅުކޮޅު އަނބުރާ ތެއްޔަށް ލުމަށްފަހު ފަސްމިނެޓްވަންދެން މަޑުގިނީގައި ކައްކާލާށެވެ. ޗިކަން ބްރޮތް އަކީ ކުކުޅުގެ ކަށިން ތައްޔާރުކުރާ ގަރުދިޔައޭވެސް ބުނެވިދާނެއެވެ. ބާޒާރުން ބަންދުކޮށްފައި ހުންނަ ޗިކަން ބްރޮތް ބޭނުންނަމަ ގޭގައި ކަށިނުނަގައިހުރި ކުކުޅާއި ފެނާއި ލޮނު ތެއްޔަކަށް އަޅައި މަޑުގިނީގައި ދެތިން ގަނޑިއިރ މަޑުގިނީގައި ކެއްކުމަށްފަހު މިތައްޔާރުކުރެވިދާނެއެވެ. ގިނައިރު ކައްކާވަރަކަށް މީގެ ރަހަ ގަދަވާނެއެވެ. 5 މިނެޓް ވަންދެން ކެކުމުން މި ޑިޝް ހުންނާނީ ތައްޔާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޝޫނާ | 22 ނޮވެންބަރ 2017 - 18:20

ގެނެސްދީބަލަ ހިލިބޭސް ހަދާނެގޮތް.

ޓްރެންޑިން