Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކެއުން ބުއިން

ވަރަށް މީރު ޕީނަޓް ބަޓަރ އެންޑް ޗޮކްލެޓް ކަޕް ހަދާނެ ގޮތް

19 އޮކްޓޯބަރ 2017 - 12:00

ޙައްވާ އަޒްލީނާ ޢަލީ

ޕީނަޓް ބަޓަރާއި ޗޮކްލެޓަކީ ގިނަބައެއް އޭގެ މީރުކަމާމެދު ދެބަސްނުވާނެ ތެކެއްޗެވެ. އެހެންކަމުން މިދޭތި އެއްކޮށްގެން ހަދާ އެއްޗެއް މީރުނުވެ ނުދާނެކަން ގައިމެވެ. މިއީ ފަސޭހައިން ތައްޔާރުކޮށްލެވޭ އަނގަޔަށް މީރު އެއްޗެކެވެ.

ބޭނުންވާނެތަކަތި:

- ޕީނަޓް ބަޓަރު

- އެހެން ނަޓްސް ނުވަތަ ހިއްކާފައިހުރި މޭވާ (ބޭނުންނަަމަ)

- 100 ގ ޗޮކްލެޓް

- ކުދި ކަޕްކޭކް ލައިނިން (ކަރުދާސް)

ބޭކިން ޝީޓެއްގައި ސަމުސަލަކުން ޕީނަޓް ބަޓަރު ބޯޅަތަކެއްގެ ސިފައައައް އެތުރުމަށްފަހު ބައިގަޑިއިރުވަންދެން ގަނޑުކުރާށެވެ. ދެން ޑަބަލް ބޮއިލާއެއްގައި ޗޮކްލެޓްތައް ވިރުވާލާށެވެ. ދެން ކަޕްކޭކް ލައިނިންތަކުގެ ފޫ ފޮރުވޭ ވަރަށް ވިރުވާފައިހުރި ޗޮކްލެޓް އަޅާށެވެ. ދެން މިއެއްޗެހި 30 މިނެޓްވަންދެން ގަނޑުކުރަން ލާށެވެ. ޕީނަޓް ބޯލްތަކާއި ޗޮކްލެޓްތައް ރަނގަޅަށް ގަނޑުވުމުން ކޮންމެ ކަޕްކޭކް ލައިނާއަކަށް އެއްބޯލްސް ލާށެވެ. ދެން ކަޕްކޭކް ލައިނިން ފުރެންދެން ބާކީ ހުރި ޗޮކްލެޓްތަކާއި ނަޓްސް އަދި ހިކި މޭވާ އެޅުމަށްފަހު އިތުރު 30 މިނެޓު ގަނޑުކުރާށެވެ. އިތުރަށް ފޮނިކުރަން ބޭނުންނަމަ ޕީނަޓް ބޯލްސް ހެދިއިރު 2 ސަމުސާ ދިޔާ ހަކުރު އެއްކުރެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން