Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކެއުން ބުއިން

ހަކުރު އެންމެ މަދު އަދި ގިނަ 5 މޭވާ: ހަކުރު ބަލި ހުންނަ ނަމަ މުހިއްމު މަޢުލޫމާތެއް

20 އޮކްޓޯބަރ 2017 - 15:00

އާޝިޔާ މުޙައްމަދު

ރަނގަޅު ސިއްހަތެއްގައި ހުރުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ޒިންމާއެކެވެ. ހަކުރު ދޫކޮށްލާ މަސްނޫވި ހަކުރު ބައެއް މީހުން ބޭނުންކުރާއިރު، އަނެއް ބައި މީހުން ފޮނި އެއްޗެއް ކާލާހިތްވުމުން ބޭނުންކުރަނީ މޭވާއެވެ. ގިނަ މޭވާގެ ބާވަތްތަކަކީ މީރު އަދި ވަރަށް ގިނަ އެއްޗެހި އާ އެއްކޮށްގެންވެސް ބޭނުންކުރެވޭ އެއްޗެކެވެ. މި ލިޔުމުގައި އެކުލަވާފައިވަނީ އެންމެ ހަކުރު ގިނަ އަދި އެންމެ ހަކުރު މަދު 5 މޭވާއެވެ.

ހަކުރު ގިނަ މޭވާތައް

• ލައިޗީ: 1 ޖޯޑުގައި 29 ގްރާމު ހަކުރު ހުންނަ މޭވާއަކީ ގިނައިން ކެއުން ރަނގަޅު އެއްޗެއް ނޫނެވެ. ނަމަވެސް މީގައި 136 މިލިގްރާމު ކެލްސިއަމް ހުރެއެވެ. ބޮޑު މީހެއް ދުވާލެއްގެ މައްޗަށް ބޭނުންވާނީ 75 މިލިގްރާމްގެ ކެލްސިއަމް އެވެ.

• ވައްތީނި: 1 ޖޯޑުގައި 27 ގްރާމު ހަކުރު ހުންނަ މޭވާއެކެވެ. އަދި ފައިބަރ އާއި ޕޮޓޭސިއަމް ވެސް ގިނަ އެއްޗެކެވެ.

• އަނބު: މިއީ ރާއްޖޭގައި ވަރަށް ގިނައިން ބޭނުންކުރާ މީރު މޭވާއެކެވެ. މީގެ 1 ޖޯޑުގައިވެސް 23 ގްރާމު ހަކުރު ހުރެއެވެ. އަދި މިއީ ވިޓަމިން އޭ ވެސް ގިނަ ލޮލުގެ ދުޅަހެޔޮކަމަށް ވެސް މުހިއްމު އެއްޗެކެވެ.

• ޗެރީ: 1 ޖޯޑުގައި ހުންނާނީ 18 ގްރާމުގެ ހަކުރެވެ. އަދި މިއީ ރޭގަނޑު ނިދަން ވެސް ފަސޭހަ ކޮށްދޭ މޭވާއެކެވެ.

• މޭބިސް ކަދުރު: ފެހި އަދި ރަތް މޭބިސްކަދުރުގައިވެސް 1 ޖޯޑުގައި 15 ގްރާމް ހަކުރު ހުރެއެވެ. އަދި ރަތް މޭބިސްކަދުރުގައި އެންޓިއޮކްސިޑަންޓްސް ގިނަވެފައި، ދެ ވައްތަރުގައިވެސް ފައިބަރ ގިނަ ވާނެއެވެ.

 

މީގެ އިތުރުން:

އަންނާރު، ދޮންކެޔޮ، މެންޑަރިން، ބުލޫ ބެރީޒް، އަލަނާސި އަދި އޮރެންޖު ހިމެނެއެވެ.


ހަކުރު މަދު މޭވާތައް

• އެވޮކާޑޯ: މިއީ ގިނަ ބަޔަކަށް ހީވެފައިވާ ގޮތުގައި ހަކުރު ގިނަ މޭވާއެކެވެ. ނަމަވެސް 1 އެވޮކާޑޯގައި ވެސް ހުންނަނީ ގާތްގަނޑަކަށް 1 ގްރާމު ހަކުރެވެ. އަދި މީގެ އިތުރުން ސިއްހަތަށް ފައިދާހުރި ފެޓްސް މީގެ ހުރެއެވެ.

• ކްރޭންބެރީޒް: 1 ޖޯޑުގައި ހުންނާނީ 4 ގްރާމުގެ ހަކުރެވެ.

• ރަސްޕްބެރީޒް: 1 ޖޯޑުގައި ހުންނާނީ 5 ގްރާމުގެ ހަކުރެވެ. މިއީ ސްމޫތީ ހަދަންވެސް ވަރަށް މީރު މޭވާއެކެވެ. މިވައްތަރު ބެރީޒް ގައި އެހެން ބެރީޒް އަށް ވުރެ ފައިބަރ ގިނަވާނެއެވެ.

• ބްލެކް ބެރީޒް: 1 ޖޯޑުގައި ހުންނާނީ 7 ގްރާމުގެ ހަކުރެވެ.

• ސްޓްރޯބެރީ: 1 ޖޯޑު ގައި ހުންނަނީ 7 ގްރާމު ހަކުރެވެ. އަދި މީގެ އިތުރުން 85 މިލިގްރާމް ވިޓަމިން ސީ ހުރެއެވެ. މިއީ ދުވާލެއްގެ މައްޗަށް ބޭނުންވާ 75 މިލިގްރާމް އަށް ވުރެ ވެސް ގިނަ ޢަދަދެކެވެ.

 

މީގެ އިތުރުން:

ލުނބޯ، ގްރޭޕް ފުރުޓު، ހަނީ ޑިއު، ކާމަރަނގަ، ފޭރު، އެޕްރިކޮޓް، އާފަލު، ޕެއަރސް

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން