Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކެއުން ބުއިން

ވޮލްނަޓް ގެ ފައިދާތައް

24 އޮކްޓޯބަރ 2017 - 22:00

އާޝިޔާ މުޙައްމަދު

• ހިތުގެ މަސައްކަތްތައް ރަނގަޅުކޮށްދެއެވެ.
މިގޮތުން ލޭ ނާރުތަކުގައި ސަރުބީ ޖެހުމުން ހުއްޓުވާ މީގައި ހުންނަ އޮމޭގާ 3 ފެޓީ އެސިޑުން ހަށިގަނޑު ތެރެ ދުޅަވުމުން ރައްކައުތެރިކޮށްދެއެވެ.

• އެންޓިއޮކްސިޑަންޓްސް ގިނަ ވުމުން ހަށިގަނޑުގައި ހުންނަ ވިހަތައް ނައްތާލަން އެހީވެ ސްޓްރެސް ދަށްކުރުމަށް ވެސް އެހީވެއެވެ.

• ކެންސަރ ސެލްސް ނައްތާލަން އެހީވެއެވެ. 
ވޯލްނަޓް ގައި ހުންނަ މާއްދާތަކުން ބައެއް ކަހަލަ ކެންސަރު އުފެދުމުން ހުއްޓުވައެވެ. މިގޮތުން ގޮހޮރުގެ ކެންސަރު، އުރަމަތީ އަދި ޕްރޮސްޓްރޭޓް ކެންސަރު ޖެހުމުން ވެސް ރައްކައުތެރިކޮށްދެއެވެ.

• ދަރިފަނީގެ ކޮލިޓީ ރަނގަޅު ކޮށްދެއެވެ.

• އުމުރުން ދުވަސްވާވަރަކަށް ސިކުނޑީގެ ސިއްހަތާއި މަސައްކަތަށް އަންނަ ހީނަރުކަމުން ސަލާމަތްކޮށްދެއެވެ.

• ޓައިޕް 2 ޑައަބެޓީސް ހުންނަ މީހުން ގެ ލޭގައި ހަކުރުގެ މިންވަރު އެކަށީގެންވާ ވަރެއްގައި ދެމެހެއްޓުމަށް އެހީވެދެއެވެ. މިގޮތުން ދިރާސާއަކުން ދެއްކި ގޮތުގައި އިންސިއުލިން ގެ މަސައްކަތް ރަނގަޅުވެއެވެ.

• ނިދުމަށް ފަސޭހަކޮށްދޭ ހޯމޯނެއް ކަމަށް ވާ މެލަޓޯނިން އިތުރުކޮށްދެއެވެ.

• އެތްރައިޓިސް ފަދަ ބަލިތަކުން ރައްކައުތެރިކޮށްދީ ހަށިގަނޑު ތެރެ ދުޅަވުމުން ސަލާމަތްކޮށްދެއެވެ.

• އިސްތަށިގަނޑު ވަރުގަދަކުރުމަށް ބޭނުންވާ މާއްދާތައް ވޯލްނަޓު ގައި ވަރަށް ގިނައެވެ. އަދި ޑޭންޑްރަފް އާއި ބޮލުގެ އިންފެކްޝަންތަކުން ވެސް ރައްކައުތެރިކޮށްދެއެވެ.

• ހަނގަނޑު ދުޅަހެޔޮކޮށް ތާޒާކަންމަތީ ބަހައްޓާދެއެވެ. އެއީ ވޯލްނަޓަކީ އެންޓިއޮކްސިޑަންޓްސް ގިނަ އަދި ހަންގަނޑު ހަލާކުވުމުން ރައްކައުތެރިކޮށްދިނުމަށް އެހީވާ އޮމޭގާ 3 ފެޓީ އެސިޑު ގިނަ ނަޓް އެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން