Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކެއުން ބުއިން

މަބުސްތާން ގެ ފައިދާ

7 ނޮވެންބަރ 2017 - 09:00

އާޝިޔާ މުޙައްމަދު

މެންގޮސްޓީން ނުވަތަ މަބުސްތާން އަކީ އަނގަޔަށް މީރު ހަށިގަނޑަށް ފައިދާކުރަނިވި މޭވާއެކެވެ. މި މޭވާއަކީ އިންޑޮނޭޝިއާއިން އަލަށް ތަޢާރަފުވި ނަމަވެސް، މިހާރު ދެކުނު އޭޝިއާގެ އެތައް ޤައުމަކުން ލިބޭ މޭވާގެ ބާވަތެކެވެ. މަބުސްތާން އަކީ، ހިންދީ ނަމުން ނަމަ މަންގުސްތާން، ތެލުގޫ ނަމުން ނަމަ އިވަރުމަމިދީ، މަލަޔާލަމް ނަމުން ނަމަ ކާއްޓަމްޕި، ބެންގާލީ ނަމުން ނަމަ ކާއޯ، ގުޖުރާތީ ނަމުން ނަމަ ކޮކަމް އަދި މަރާތީ ނަމުން ނަމަ ރަތަމްބާ އެވެ. އަދި ދިވެހިން މިއަށް ކިޔައި އުޅެނީ މަބުސްތާންއެވެ.


މަބުސްތާން އަކީ ދެކުނު އޭޝިއާގެ އެތައް ޤައުމެއްގައި އޭގެ އެކި ބައިތައް ބޭސްފަރުވާގައި ބޭނުންކުރާ މޭވާއެކެވެ. މަބުސްތާންގެ ސިއްޙީ ފައިދާތައް 18 ވަނަ ޤަރުނުގައި ވަނީ ސާބިތުވެފައެވެ. މަބުސްތާންގެ އިތުރުން އޭގެ ގަސްވެސް އަންނަނީ ބޭސްފަރުވާގެ ކަންކަމުގައި ބޭނުންކުރެވެމުންނެވެ. މަބުސްތާންއިން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި؛


1. ވިޓަމިން ސީ

މަބުސްތާން އަކީ ވިޓަމިން ސީ މާއްދާ ވަރަށް ބޮޑަށް އެކުލެވޭ މޭވާއެކެވެ. އެހެންކަމުން، ބަލިތަކުން ސަލާމަތްވެ ބަލި ޖެހުމުން މަގުފަހިވުމުގެ ފުރުސަތު ބޮޑުވެއެވެ.


2. ލޭ ދައުރުވުން

މަބުސްތާން އަކީ ރެޑްބްލަޑް ސެލްސް އުފެއްދުމަށް އެހީވެދޭ މޭވާއެކެވެ. އެނީމިއާ ޖެހުމުން ރައްކާތެރިކޮށްދޭ މި މޭވާއަކީ ހިތުގެ މައްސަލަތަކަށާއި، މޭގައި ރިއްސުން ފަދަ ކަންކަމަށް ވަރަށް ރަނގަޅު މޭވާއެކެވެ. މީގެ އިތުރުން، ލޭ ހޮޅިތަށް ބޮޑުކޮށްދީ ލޭ ދައުރުވުމަށް ފަސޭހަކޮށްދެއެވެ. އަދި ލޭހިނގުން އަވަސްކޮށްދީ ހަށިގަނޑުގެ އެކި ބައިތަކަށް ލޭ ދައުރުވާވަރު އިތުރުކޮށްދެއެވެ.
އަދި ލޮލަށް ލޭ ދައުރުވާލެއް ގިނަވުމުގެ ސަބަބުން، އަދި މި މޭވާގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކޮށްދޭކަމަށް ދިރާސާތަކުން ދައްކައެވެ.


3. ކޮލެސްޓްރޯލް

މަބުސްތާންގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ކޮލެސްޓްރޯލް ދައްކޮށްދެއެވެ. އަދި ހިތް ރަނގަޅަށް މަސައްކަތް ކުރަން އެހީވެދެއެވެ.


4. ޓީބީ

އިންސާނާގެ ދިފާއީ ނިޒާމު ބާރުގަދަ ކޮށްދޭ މި މޭވާ ގެ ސަބަބުން ބެކްޓީރިއާތައް އަދި ފަންގަސް ނައްތާލަން އެހީވެދެއެވެ.


5. ކެންސަރު

މި މޭވާއަކީ ކެންސަރު ބަލިންވެސް ރައްކާތެރިކޮށްދޭ މޭވާއެކެވެ.


6. ލޭމައްޗަށް ދިއުން

މަބުސްތާންގައި އެކި ވައްތަރުގެ މިނެރަލްސް އެކުލެވިގެންވުން އެއީ އެ މޭވާއިން އެތަކެއް ފައިދާތަކެއް ކުރުވާ ކަމެކެވެ. އެ މޭވާގައި އެކުލެވޭ މިނެރަލްސް ތަކުގެ ތެރޭގައި، ކޮޕާ، މެންގެނީޒް އަދި މެގްނީޒިއަމް ޕޮޓޭޝިއަމްގެ ސަބަބުން، ހާރޓް އެޓޭކް، ސްޓްރޯކް ފަދަ ނުރައްކާތެރި ކުއްލި ބަލިތަކުން ސަލާމަތްކޮށްދީ، ލޭގެ ޕްރެޝާ ދަށްކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން