Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކެއުން ބުއިން

ހިކަނދިފަތުން ލިބިދޭ ބައެއް ފައިދާ

27 ޖޫން 2017 - 20:07

ޒުލައިޚާ އަޙްމަދު

ގިނަފަހަރަށް ހިކަނދިފަތް އަޅައިގެން ކެއްކިއަސް އަހަރެމެން ކާއިރު ހިކަނދިފަތް އެއްލާލަނީއެވެ. އެހެންނަމަވެސް ހިކަނދިފަތަކީ އެއްލާލާވަރަށްވުރެ މާ ގިނަ ފައިދާތައް އޭގައ އެކުލެވޭ އެއްޗެކެވެ. އެގޮތުން ހިކަނދިފަތުން ލިބޭ ބައެއް ފައިދާތަކުގެ ތެރޭގައި:

 

ބޭރަށްހިންގުން ހުއްޓުވައިދޭ

ދިރާސާއެއް ދައްކާގޮތުން ހިކަނދިފަތުގައި އެކުލެވޭ މާއްދާއެއްގެ ސަބަބުން ހިކަނދިފަތް ކެއުމުން ބޭރަށް ހިންގުމުން ދުރުކޮށްދެއެވެ. އެގޮތުން ބޭރަށް ހިންގާނަމަ ހިކަނދިފަތުން ޕޭސްޓެއް ހަދައިގެން ނުވަތަ ހިކަނދިފަތުން ޖޫސް ގިރައިގެން ބޭނުންކުރާށެވެ.

 

އެންޓިއޮކްސިޑެންޓްސް ގިނަ އަދަދަކަށް އެކުލެވޭ

ހިކަނދިފަތުގައި އެކުލެވޭ ވިޓަމިން އޭ، ވިޓަމިން ބީ، ވިޓަމިން ސީ، އަދި ވިޓަމިން އީގެ ސަބަބުން މިއީ ހަށިގަނޑަށް ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްސް ލިއްބައިދޭ އެއްޗެކެވެ.

 

ހަކުރުބައްޔަށް ފަރުވާއެއް

ގިނައިން ހިކަނދިފަތް ބޭނުންކުރުމަކީ ހަކުރުބަލި ކޮންޓްރޯލް ކުރުމަށް ވަރަށް ބޮޑަށް އެހީވެދޭ ކަމެކެވެ.

 

ކެންސަރާ ހަނގުރާމަ ކުރަން އެހީވެދޭ

ހިކަނދިފަތުގައި އެކުލެވޭ ކެމިކަލް މާއްދާތަކުގެ ސަބަބުން ލުކީމިއާ އަދި ޕްރޮސްޓްރޭޓް ކެންސަރު ފަދަ ކެންސަރުތަކާ ހަނގުރާމަކުރަން އެހީވެދެއެވެ.

 

ކޮލެސްޓްރޯލް ދަށްކޮށްދޭ

ދިރާސާތައް ދައްކާ ގޮތުން ހިކަނދިފަތަކީ ނުރައްކާތެރި އެލްޑީއެލް ކޮލެސްޓްރޯލް ދަށްކުރުމަށް އެހީވެދޭ ބާވަތެކެވެ.

 

އިސްތަށިގަނޑު ދިގުވުމަށް އެހީވެދޭ

ހިކަނދިފަތުގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަވެއެވެ. ހިކަނދިފަތް މުގުރުމަށްފަހު ތެލާ އެކީ ބޮލުގައި އުގުޅާ މަސާޖުކޮށްލާށެވެ. އަދި ހިކަނދިފަތަކީ ބޮލުގަ ނުރަ ޖެހުންވެސް ދުރުކޮށްދީ އިސްތަށިގަނޑު ދިގުވުމަށް އެހީވެދޭ އެއްޗެއް ކަމަށްވެއެވެ.

 

ލޮލަށްވެސް ފަރުވާއެއް

ހިކަނދިފަތަކީ ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވޭ އެއްޗެކެވެ. ވިޓަމިން އޭ ގައި އެކުލެވޭ ކެރޮޓެނޮއިޑްގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކޮށްދެއެވެ. ވިޓަމިން އޭ މަދުވެއްޖެނަމަ ލޮލުގެ ފެނުން ފުސްވެ، އެކިކަހަލަ މައްސަލަތައް ދިމާވެއެވެ.

 

ޖަރާސީމުތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ

ހިކަނދިފަތަކީ ބެކްޓީރިއަލް އަދި ފަންގަލް އިންފެކްޝަންތަކާ ހަނގުރާމަކުރަންވެސް އެހީވެދޭ އެއްޗެކެވެ.

 

މޭ ރައްކާތެރިކޮށްދޭ

ހިކަނދިފަތް ކެއުމުގެ ސަބަބުން މެޔަށް ޖެހޭ ހެޕަޓައިޓިސް ފަދަ ތަފާތު ބަލިތަކުންވެސް ހަށިގަނޑު ރައްކާތެރިކޮށްދެއެވެ.

 

ހަންގަނޑަށްވެސް ފަރުވާއެއް

ހިކަނދިފަތުން ޕޭސްޓެއް ހަދާފައި ހަންގަނޑުގައި އަނދާފައި، ނުވަތަ ހަލާކުވެފައި ހުންނަ ތަންތަނުގައި އުނގުޅުމުން އަވަހަށް ފަސޭހަވެއެވެ.

 

ހިކަނދިފަތުގެ އިތުރުން ހިކަނދިފަތް ގަހުގެ އެކި ބައިތަކަކީވެސް ވަރަށް ބޭނުންތެރި ބައިތަކެކެވެ. އެގޮތުން ހިކަނދިފަތް ގަހުގެ މޫތަކަކީ ގައިގެ ރިހުމަށް ފަރުވާއަކަށް ބޭނުން ކުރެވޭ އެއްޗެކެވެ. އަދި މިގަހުގެ ތޮށިގަނޑަކީ ހަރުފަ ދަތްއަޅާފައިވާ ތަންތަނަށް ފަރުވާ ކުރަން ބޭނުންކުރާ އެއްޗެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން