Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކެއުން ބުއިން

ކެލްސިއަމުން ފުރިފައިވާ ކާނާ!

14 ޖުލައި 2017 - 20:04

ޢައިޝަތު ނައުރާ

ކެލްސިއަމް އަކީ ދަތްތަކާއި ހަށިގަނޑުގައި ހެދެމުންނާއި ފީވަމުން އަންނަ ކަށިތައް ވަރުގަދަކޮށްދޭ މިނަރަލްއެކެވެ. ލޭ މަނާކުރުމަށް އެހީވާ އަދި މަސްގަނޑާއި ނާރުތަކަށް ވެސް އެހާމެ ގިނަ ފައިދާތަކެއް ލިއްބައިދޭ ކެލްސިއަމް އަކީ ލޭގައި އެސިޑާއި އެލްކަލައިން އެއް މިންވަރެއްގައި ބަހައްޓާ ކޮންޓްރޯލް ކުރުމަށް އެހީވާ މިނިރަލްއެއް ވެސް މެއެވެ. ތިރީގައި މިވަނީ ކެލްސިއަމުން ފުރިފައިވާ އެއްޗިސްއެވެ.

ކޮޕީ ފަތް

ކޮޕީފަތަކީ މާލޭގެ ބަޒާރުގައި އަބަދުހެން ލިބެން ހުންނަ ފެހިކަން ގަދަ ފަތެކެވެ. ތިނެއް ބައި ޖޯޑުގެ ކޮޕީފަތުގައި 315 މިލިގްރާމް ކެލްސިއަމް އާއި އޭގެއިތުރުން ހަށިގަނޑަށް ފައިދާވާ އެތަކެއް ވިޓަމިންސް އާއި މިނަރްލްސް ވެސް އެކުލެވިގެންވެ އެވެ. ކަށިތައް ވަރުގަދަ ކުރުމަށް ކެލްސިއަމްގެ އިތުރުން ބޭނުންވާ އެހެން ދެ މިނަރަލްއެއް ކަމަށްވާ ފޮސްފަރަސް އާއި މެންގަނީޒް ވެސް އެކުލެވިގެންވާ ކޮޕީފަތަކީ ބަތާއި ގަރުދިޔަ ކާއިރު ސެލެޑެއްގެ ގޮތުގައި ކާލަން ވަރަށް މީރުއެއްޗެކެވެ.

 

ސެސަމީ ސީޑްސް

ސެސަމީ ސީޑްސް ނުވަތަ ތިލެޔޮ އޮށަކީ ކެލްސިއަމް އިން ފުރިފައިވާ އޮށެކެވެ. ސެލެޑަކަށް އަޅާލައިގެން ނުވަތަ ކުޑަކޮށް ފިހެލައިގެން ކެވޭ މިއޮށުގެ ޖޯޑެއްގެ ހަތަރު ބައިކޮޅު އެއް ބައިގައި ވެސް 351 މިލިގްރާމް ކެލްސިއަމް ހުރެ އެވެ. ތިލެޔޮ އޮށުން ހަދާފައިވާ ޕޭސްޓެއްކަމަށްވާ ޓަހީނީ ޕާނުގައި ހާކައިގެން ވެސް ކެވިދާނެ އެވެ. އޭގެ އިތުރުން ތިލެޔޮ އޮށުން ހަދާފައި ހުންނަ ކައްކާތެޔޮ ބޭނުންކޮށްގެން ކެއްކުމުން ވެސް ހަށިގަނޑަށް ކެލްސިއަމް ލިބޭނެ އެވެ.

 

އޮގޭނިކް ޔޯގަޓް

މިވައްތަރުގެ ޔޯގަޓަކީ އެއްވެސް ފްލޭވާއެއް ނުވަތަ އިތުރު އެއްވެސް އެއްޗެއް ނާޅާ ހުންނަ ޕްލެއިން ޔޯގަޓެވެ. ޕްލެއިން ޔޯގަޓުގެ ޖޯޑެއްގައި އެކަނި ވެސް 447.4 މިލިގްރާމް ކެލްސިއަމް އެކުލެވިފައިވާނެ އެވެ. ޕްލެއިން ޔޯގަޓަކީ ގެއްލުން ލިބިފައިވާ ކަޑިތައް ފަސޭހަކޯށްދިނުމަށް އެހީވާ އަދި އާ ވަރުގަދަ ކަށި ހެދުމަށް ވެސް އެހީވާ އެއްޗެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން