Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކަސްރަތު

ރޭގަނޑުގެ ކެއުމަށްފަހު މިކަންތައްތައް ނުކުރާތި.

5 އޮކްޓޯބަރ 2017 - 22:00

ފާތިމަތު މުހައްމަދު

ދިރިއުޅުމުގައި ތިމާގެ ހަށިގަނޑު ލޫޅާފަތި ކުރުމަށްޓަކައި އެތައް މަސައްކަތްތަކެއް ކުރެވޭ ހިނދު ދިރއުޅުމުގެ ކޮންމެ ކަމެއްގައިވެސް އެކަމަކަށް އެކަށީގެންވާ ރީތި އާދަތަކެއް ހަރުލެއްވުމަކީވެސް ދިރިއުޅުމުގައި މުހިއްމުކަމެކެވެ. އެ ކަންތައްތަކުގެ ތެރެއިން ކެއުންބުއިމުގައި އޮންނަ ރީތި އާދަތަކަށް ސަމާލުވުން ރަނގަޅެވެ. އެއިގެ ތެރެއިންވެސް ރޭގަނޑުގެ ކެއުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. ރޭގަނޑުގެ ކެއުމަކީ ރޭގަނޑުގެ އަރާމު ނިދުމަށް ވަރަށް މުހިއްމު މަސައްކަތެއް ކޮށްދޭ ކެއުމަކަށްވީ އިރު މި ފާހަގަކޮށްލެވޭ ކަންތައްތަކުގައި ސަމާލުވާންޖެހެއެވެ.

ނިދުން

ރޭގަނޑުގެ ކެއުން ނިންމަލުމަށްފަހު ނިދަންއެރުމަކީ ގޯހެކެވެ. އިންސާނާގެ ހަށިގަނޑަށް ކެއުމަށްފަހު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭންޖެހެވެ. މިގޮތަށް ނިދުމުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ލަސްކޮށްދީ މެއިން ދިލަނެގުންފަދަ ކަންތައްތަކާއި ކުރިމަތިވާނެވެ.

ކުޑަކޮށް ހިނގާލުން

މަދުވެގެން 30 މިނެޓު ވަންދެން ހިނގާލުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މާގަދައަށް ކަސްރަތު ކުރުން.

ކަސްރަތު ކުރުމަކީ މީގައި ބޭނުންތެރި ކަމެކެވެ. ނަމަވެސް ވިސްނަންވީ މާގަދައަށް ކަސްރަތު ކޮށްފިނަމަ ހަށިގަނޑު ހޯމޯންސްތަކަށާއި ހަށިގަނޑުގެ ފިނި ހޫނުމިނަށް އެއިން ވަރަށް ބޮޑަށް އަސަރު ކުރުވާނެ ކަމެވެ. އަދި މާބޮޑަށް ބަނޑަށް ތަދުވުން ފަދަ ކަންތައްތަކާއި ދިމާވުމުގެ ފުރުސަތު ބޮޑުވެއެވެ.

ފެންވެރުން

މިއީވެސް ހަޖަމުކޮށްދިނުމަށް ހުރަސްއަޅާ ކަމެކެވެ. ސަބަބަކީ ހަޖަމުކުރުމުގެ ނިޒާމުގައި ހަށިގަނޑުގައި ވަރަށް ގިނަ ޢަދަދެއްގެ ހަކަތަ ހުރުމާއި ބަނޑުގައި ލޭ ދައުރުވާ ވަރު ބޮޑުވުން ހިމެނެއެވެ. ހަމަމިއާއިއެކު މިއީ ހަށިގަނޑުގެ ފިނި ހޫނުމިން ދަށްކޮށްދޭ ކަމެއްވެސް މެއެވެ. މިގޮތުން މީގައި އެންމެ ރަނގަޅީ 45 މިނެޓު ފަހުން ފެންވެރުމެވެ.

މޭވާކެއުން

މޭވާއަކީ ސިއްހަތަށް ފައިދާހުރި އެއްޗެއްކަމުގައި ވީ ކަމުގައިވިއަސް ރޭގަނޑުގެ ކެއުން ނިންމަލުމާއެކު ވަގުތުން ބޭނުންކުރުން ރަނގަޅެއް ނޫނެވެ. އޭގެ ސަބަބުން ކޮންމެވެސް ވަރަކަށް ހަކުރު އިތުރުކޮށްދީ ހަޖަމުކުރުމަށް އުނދަގޫވާނެއެވެ. 

ކޮންމެއަކަސް ރޭގަނޑުގެ ކެއުން ނިންމައި ވަގުތުން މިކަންތައްތައް ކުރުމަކީ ސިއްހީގޮތުން ހަށިގަނޑަށް ވަރަށްބޮޑަށް ލޮޅުންތަކެއް އަންނާނެ ކަމެކެވެ. ބުއްދިވެރި ގޮތަކީ ގަނޑިއެއްހާ އިރު ފަހުން މިކަންތައްތައް ކޮށްލުމެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން