Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކަސްރަތު

ސްޕޯޓްސް ޑިރިންކްތައް ކުދިންނަށް ދިނުން ރަނގަޅެއް ނޫން

13 އޮކްޓޯބަރ 2017 - 09:00

ޙައްވާ އަޒްލީނާ ޢަލީ

ކުޅިވަރުކުޅުމަކީ ވަރަށް ގިނަ ހަކަތައާއި ބުންވަރު ބޭނުންވާނެ ކަމެކެވެ. ދަރިން އެތްލެޓިކް، ފެތުން އަދި ފުޓްބޯޅަ ފަދަ ކުޅިވަރުތައް ކުޅޭއިރު ގިނަފަހަރަށް ދަރިންގެ ގައިގައި ހަކަތަ ޖައްސަން ދަރިންނަށް ސްޕޯޓްސް ދިނުމަކީ މައިންބަފައިން ކުރާ ކަމެކެވެ. ހަކުރާއި މަސްނޫޢީ މާއްދާތަކުން މުއްސަނދިކުރެވިފައިވާ މިފަދަ ބުއިންތަކަކީ ހަށިގަނޑަށާއި ސިއްހަތު ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް ހުރަސްއަޅާ އެއްޗެކެވެ. އެއްވެސް ފައިދާހުރި މާއްދާއެއް އާންމުކޮށް ނުހުންނަ މިބުއިންތަކުގައި ހަށިގަނޑު ފަލަކުރާ ބޭނުމެއްނެތް ކެލޮރީޒްތަކެއް ފިޔަވައި އިތުރު އެއްޗެއް ނުހުރެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކުޅިވަރުކުޅޭ މީހުންގެ ދަތް ފަނިކެއުމަކީ ގިނައިން ވާކަމެކެވެ. މިކަމުގައި މިފަދަ ބުއިންތަކަކީ ބޮޑު ރޯލެއް އަދާ ކުރާ އެއްޗެކެވެ. މިފަދަ ބުއިންތައް އިސްތިހާރުކުރާ ފަރާތްތަކުން ބުނަނީ މިބުއިންތަކުން ހަށިގަނޑު "ހައިޑްރޭޓް" ކޮށް ވަރު ޖައްސާދޭނެ ކަމެށެވެ. ނަމަވެސް މިކަމަށް ބޭނުންވާ ހަޤީގީ އެއްޗެހިއަކީ ހުރިހާ މުހިއްމު ބާވަތްތަކެއް އެކުލެވޭ ކާނާއާއި ފެނެވެ. ސްޕޯޓްސް ޑިރިންކް ބަދަލުގައި ކުރުނބާ ފެނަކީ ދެވިދާނެ އެއްޗެކެވެ. ހުސް ފެން ބޯން ކަމުނުދާނަމަ މޭވާ ފޮތިކޮށްފައި ފެނަށް އަޅާފައި ދެވިދާނެއެވެ. އޭރުުން އެމާވާގެ ރަހަ ފެނުގައި ހިފާފައި ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން