Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކަސްރަތު

ކޮންމެ ދުވަހަކު އެންމެ 17 މިނެޓު ހިނގާލަންވީ ސަބަބު

24 އޮކްޓޯބަރ 2017 - 09:00

އާޝިޔާ މުޙައްމަދު

ހިކެން ބަލާއިރު އެންމެ ފުރަތަމަ އަބަދުވެސް އުޅެވެނީ ޖިމް އަކަށް ވަދެ، ކޮންމެވެސް ޕްރޮގްރާމެއްގައި ބައިވެރިވެ ނުވަތަ އަގު ބޮޑު ކަސްރަތު ކުރާ ވަސީލަތެއް ގަންނާށެވެ.

ސައިންސް ވެރިން ވިދާޅުވާގޮތުގައި އެންމެ ފަސޭހަ އަދި ރަނގަޅު ގޮތަކީ ހިނގާލުމެވެ. އެވެސް ދުވާލަކު އެންމެ 17 މިނެޓެވެ.

ބްރިޓިޝް މެޑިކަލް ޖަރނަލް އިން ކުރި ދިރާސާއިން ސާބިތުވިގޮތުގައި އަވަސް ހިނގުމެއްގައި ދުވާލަކު 17 މިނެޓު ހިނގާލުމުން އެތައް ސިއްހީ މައްސަލައަކަށް ފަރުވާ ލިބެއެވެ. މީގެ ތެރޭގައި ހަކުރު ހިތުގެ ބަލިތަކުން ރައްކައުތެރިވުމާއި އުރަމަތީގެ ކެންސަރުން ރައްކައުތެރިވުން ހިމެނެއެވެ.

އެމެރިކަން ޖަރނަލް އޮފް ޕްރިޓެންޓެޓިވް މެޑިސިން އިން ކުރި ދިރާސާގެ އަލީގައި ބުނާގޮތުގައި ހަފްތާއަކު 2 ގަޑިއިރު، ނުވަތަ ދުވާލަކު 17 މިނެޓު ހިނގާލުމުން ކެންސަރު ބަލިން، ނޭވާ ލާ ނިޒާމު އަދި ހިތުގެ ބަލިތަކުން ރައްކައުތެރިކޮށްދިނުމަށް އެހީވެއެވެ.

މީގެ އިތުރުން މަސްތަކުގެ ވަރުޖައްސާ ކަށި ވަރުގަދަކޮށްދެއެވެ. ހަމަ މިއާއެކު ހަށިގަނޑުގައި ފެޓްސްގެ މިންވަރު ދަށްކޮށް މޫޑު ރަނގަޅުކޮށްދީ އަބަދު ވަރުބަލިވުން ފަދަ ކަންތައްތަކުން ވެސް ރައްކައުތެރިކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×