Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކަސްރަތު

ހަށިގަނޑަށް ކާޑިއޯ ކަސްރަތުގެ ފައިދާ

1 ނޮވެންބަރ 2017 - 12:00

ޙައްވާ އަޒްލީނާ ޢަލީ

ކަސްރަތަކީ ހަށިގަނޑަށް މުހިންމު އެއްޗެއްކަން ގިނަމީހުންނަށް އެނގެއެވެ. ތަފާތު ވައްތަރުގެ ކަސްރަތުތައް މަޝްހޫރުވަމުންދާއިރު ކާޑިއޯ ކަސްރަތަކީ އާންމުކޮށް އެންމެންގެ ތެރޭގައިވެސް މަޤުބޫލު ކަސްރަތެކެވެ. މިކަން ކުރަން ޖިމަކަށް ދާކަށް ކޮންމެހެން ބޭނުމެއްނޫނެވެ. އަދި ވަކި ޚާއްސަ މެޝިނެއް ނުވަތަ އާލާތެއް ބޭނުމެއް ނުވެއެވެ. ކާޑިއޯ ކަސްރަތަކީ އޭގެ ސަބަބުން ހިތުގެ ހިނގުން އަވަސްކޮށް ހަށިގަނޑުގައި ލޭދައުރުކުރުވާ ކަސްރަތެކެވެ. މިކަމަށް 20 ވަރަކަށް މިނެޓްވެސް ފުދެއެވެ. ދުވުން، ހިނގުން އަދި ނެށުން ފަދަ ކަންކަމަކީ އާންމުކޮށް ކޮށްއުޅޭ ކާޑިއޯ ކަސްރަތުތަކެވެ.

އާދަވެގެން ކާޑިއޯ ކަސްރަތު ކުރާނަމަ ވިސްނުމުގެ ޤާބިލިއްޔަތުކަން އިތުރުވެ އަލްޒައިމާޒް ފަދަ ސިކުނޑީގެ ބަލިތަކުން ދިފާޢުކޮށްދެއެވެ. އަދި ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު ހިފަހައްޓައިފީ ސްޓްރޯކާއި ހިތުގެ ބަލިތަކުން މީހާ ސަލާމަތްކޮށްދެއެވެ. ކާޑިއޯ ކަސްރަތަކީ ހަންގަނޑާއި އިސްތަށިގަނޑަށްވެސް ނުހަނު ފައިދާހުރި ކަސްރަތެކެވެ. ސަބަބަކީ މިކަމުގެ ސަބަބުން ހަށިގަނޑުގައި ލޭދައުރުވުން އިތުރުވެ ބޮލާއި ހަންގަނޑަށް ކާނާ ފޯރުކޮށްދޭ މިންވަރު އިތުރުވުމެވެ. އަދި ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށް ހަޖަމުކުރުމުގައި ކަސްރަތުކުރުމުގެ ސަބަބުން އެހީތެރިކަން ލިބޭތީއެވެ. ކާޑިއޯ އަކީ ޖިންސީ ބާރުވެސް ގަދަކޮށްދޭ ކަމެކެވެ. އަދި ޕުއްޕާމޭ ވަރުގަދަކޮށް ނޭވާ ކުރުވުމުން ދުރުހެލިކުރާ ކަސްރަތެކެވެ. ކާޑިއޯ ކަސްރަތަކީ ނިދުމުގަޔާއި ސްޓްރެސް ދަށްކުރުމުގައިވެސް އެހީވެދޭ ކަސްރަތެކެވެ. އަދި ކަށިތަކަށްވެސް މިކަމުގެ ސަބަބުން ފައިދާކުރެއެވެ. އާދަވެގެން ކާޑިއޯ ކަސްރަތުކުރާނަމަ އޮސްޓިއޯޕޮރޯސިސް ފަދަ ކަށީގެ ބަލިތަކުން މީހާ ދުރުކޮށްދެއެވެ. އެހެންކަމުން ނުކޮށް ދޫކޮށްލެވޭ ކަސްރަތެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން