Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ފެޝަން

ފައިގައި އިސްތަށި ބޭލުމުން ކުދި ބިހި ނަގަނީ ކީއްވެ؟

6 ނޮވެންބަރ 2017 - 15:00

ޙައްވާ އަޒްލީނާ ޢަލީ

ރީތި އޮމާން ފަޔެއް ހޯދުމަކީ ގިނަ އަންހެނުން ބޭނުންވާ ކަމެކެވެ. ފައިގައި ހުންނަ އިސްތަށި ނައްތާލުމަށް އެތައް މަސައްކަތެއް ކުރެއެވެ. ވެކްސްކުރުމާއި ރޭޒަރުން ބޭލުމެވެ. ފާޑުފާޑުގެ ހެއާ ރިމޫވަލް ކްރީމްތައް ބޭނުންކުރުމެވެ. ނަމަވެސް ބައެއް މީހުން އިސްތަށި ބޭލުމުން ފައިގައި ކުދި ބިހި ފާޑުގެ އެއްޗެއް ނަގައެވެ. މިއީ ކޮންއެއްޗެއް ކަން އެނގޭ ހެއްޔެވެ؟ ހަޤީގަތުގައި އެއަށް މިކިޔަނީ "އިންގްރޮއުން ހެއާ" ނުވަތަ އެތެރެއަށް އިސްތަށި ފަޅެމެވެ. މިހެން މިވަނީ އިސްތަށި ބޭލުމުން ނުވަތަ އުފުރުމުން އިސްތަށިވަޅުގައި އިސްތަށި ތާށިވެ ބިއްސެއްގެ ސިފަޖެހުމުންނެވެ. އިސްތަށި އުފުރާނަމަ ދެން ފަޅާ އިސްތަށިތައް ބަލިކަށިވާނެއެވެ. އެހެންކަމުން ހަންގަނޑު ތޮރުފާލާފައި އިސްތަށި ހަމުގެ ބޭރަށް ފެޅުމުގެ ބާރު ނުހުންނާނެއެވެ. އެހެންކަމުން އިސްތަށި އެތެރަށް ފަޅައެވެ.

އިސްތަށި ބާލާނަމަ އިސްތަށީގެ ކޮޅުގެ ބައްޓަން ބަދަލުވެއެވެ. މީގެ ސަބަބުން އިސްތަށްޓަށް ހަންގަނޑު މައްޗަށް އަރަން ހުރަސް އެޅި އިސްތަށިވަޅުގެ ތެރޭގައި އިސްތަށި ދިގުވެ ބިއްސެއްގެ ސިފަޖެހެއެވެ. ހެއާ ރިމޫވަލް ކްރީމް ބޭނުންކުރާނަމަ މިގޮތަށް އިސްތަށި ފަޅާ މިންވަރު ކުޑައެވެ. މިގޮތަށް އިސްތަށިފަޅައި ބިއްސަށްވުމުން ދުރުވާން ބޭނުންވާނަމަ ބާރު ޖީންސާއި ޓައިޓުން ދުރުވާށެވެ. އެއީ މިތަކެތި ގަޔަށް ހިފާފައި ހުންނަމަ އިސްތަށި އެތެރެއަށް ފަޅާ މިންވަރު ބޮޑުވާނެއެވެ. އަދި ހަންގަނޑު ސްކްރަބެއް ނުވަތަ ލޫފާއެއް ފަދަ އެއްޗަކުން އުނގުޅުމަކީވެސް މިފަދަ ބިހި ނަގާ މިންވަރު ކުޑަކުރެވިދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން