Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ސިއްހަތު

ހަށިގަނޑުގައި ކޮލެސްޓްރޯލް ގިނަވުން ބިނާވަނީ މިކަންތައްތަކުގެ މައްޗަށް

27 ޑިސެމްބަރ 2017 - 09:00

ފާތިމަތު މުހައްމަދު

ކޮލެސްޓްރޯލްއަކީ ހަށިގަނޑުގެ ލޭގެ ފެނުގެ ބައިގައި އުފެދޭ ސަރުބީ މާއްދާއެކެވެ. ކޮލެސްޓްރޯލައަކީ އިންސާނުންގެ ހަށިގަނޑުގެ ސެލްތަކުގެ ބޭރުފަށަލައިގައި ހުންނަ އެއްޗަކަށް ވީހިނދު އިންސާނުންގެ ހަށިގަނޑަށް ކޮންމެވެސް ވަރަކަށް ބޭނުންވަނެ މާއްދާއެކެވެ. ނަމަވެސް އެއީ ބޭނުންނާ މިންވަރަށް ވުރެ އިތުރަށް ހަށިގަނޑުން ނަގަން ޖެހޭ މާއްދާއެއް ނޫނެވެ. މިގޮތުން މިމިންވަރު އިތުރުކޮށްދޭ ކަންތައްތަކަކީ މިއެވެ.

ކާނާ

ކާތަކެތީގައި ސެޗުރޭޓެޑް ފެޓްސް، އަދި ކޮލެސްޓްރޯލް އެކުލެވުމަކީ ލޭގައި ކޮލެސްޓްރޯލްގެ މިންވަރު މަތިވާނެ ކަމެކެވެ. އެހެންކަމުން ކެއުމުގައި ސެޗުރޭޓެޑް ފެޓް، އަދި ކޮލެސްޓްރޯލް ހިމެނޭ މިންވަރު މަދުކުރުން ބޭނުންތެރިއެވެ.

ބަރުދަން

މާބޮޑަށް ބަރުދަން އިތުރުވެ ބަރުދަން ލުއި ނުކުރެވޭނަމަ ހަށިގަނޑަށް ނުރައްކާވެއެވެ. ސަބަބަކީ ބަރުދަން އިތުރުވުމުގެ ސަބަބުން ކޮލެސްޓްރޯލް އިތުރުވުމަށް ފުރުސަތު ލިބިގެންދެއެވެ.

ކަސްރަތު

ކަސްރަތު ނުކުރެވި ހަށިގަނޑު ރަނގަޅު މިންގަނޑެއްގެ މަތީގައި ނުހިފެހެއްޓުމަކީ ހަށިގަނޑަށް ބޭނުންވާ މަދު މިންވަރެއްގެ ކޮލެސްޓްރޯލް ވެސް ލިބުމަށް ހުރަސް އެޅޭކަމެކެވެ.

ހަކުރު ބަލި

ހަކުރު ބަލީގެ މިންވަރު ދަށްނުކުރެވުމަކީވެސް ކޮލެސްޓްރޯލް އިތުރުވާކަމެކެވެ. ނުވަތަ ހަށިގަނޑުގެ ސަރުބީ އިތުރުވުމަށް އެޅޭ ވަރަށް ބޮޑު ބާރެކެވެ.

ޖިންސު

ޙާއްސަކޮށް އިއްދައިން ކެނޑުމުގެ ކުރިން އަންހެނުންގެ ހަށިގަނޑުގައި ސަރުބީ ނުވަތަ ކޮލެސްޓްރޯލްގެ މިންވަރު އެއުމުރުގެ ފިރިހެނުންނާއި އަޅާކިޔާއިރު، ދަށްވެ، އިއްދައިން ކެނޑުމަށްފަހު އަންހެނުންގެ ހަށިގަނޑުގައި ރަނގަޅުނޫން ކޮލެސްޓްރޯލްގެ މިންވަރު މަތިވުމަށް މަގުފަހި ވެއެވެ.

 

ކަންމިހެންއޮތްއިރު ހަށިގަނޑުގެ މިއުފެދޭ ސަރުބީއަށް ރައްކައުތެރިވުން މުހިއްމެއެވެ. މި ފާހަގަކޮށްލެވުނު ކަންތައްތަކަށް ވިސްނައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުން މުހިއްމެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން