Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ސިއްހަތު

އިސްތަށިގަނޑު ދިގުކުރުމަށް ބޭނުންކުރެވިދާނެ ތިން ފަރުވާއެއް

28 އޮކްޓޯބަރ 2017 - 15:00

ޙައްވާ އަޒްލީނާ ޢަލީ

އާމަނަކަ (ކާސްޓާ) ތެޔޮ

މިއީ އާމަނަކަ ގަހުގެ އޮށުން އުފައްދާ ތެކެވެ. އާންމުކޮށް ރާއްޖޭން ގަންނަން ލިބޭ މިތެލަކީ އޮލަ ތެލެކެވެ. އެހެންކަމުން މިތެޔޮ ބޭނުންކުރުން އެންމެ ރަނގަޅީ ޒައިތޫނި ނުވަތަ ހަހޯބާ ތެޔޮ ފަދަ އެއްޗަކާއި އެއްކޮށްގެންނެވެ. ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ ތެޔޮލާއި އިރު ވަރަށް ގިނައިން ބޭނުންކުރަންޖެހޭނެއެވެ. ނަމަވެސް މިކަމުގެ ސަބަބުން އިސްތަށިތަކުގެ ބުޑު ތެލުން ފުރި އިސްތަށިތައް ބަލިވުމަށް މަގުފަހިވެއެވެ. އެންމެ ރަނގަޅީ 5 ވަރަކަށް ތިކި އަތަށް އެޅުމަށްފަހު ދެއަތް ދެއަތާއި ހާކާލާއި ތެޔޮފޮދު ހޫނު ކޮށްލުމަށްފަހު އަތުގެ އިނގިލިތަކުން ހަންގަނޑު މަސާޖުކުރުމެވެ.

ރޯޒްމެރީ ތެޔޮ

ރޯޒްމެރީ ތެލަކީ އިސްތަށިވެރިން ހުއްޓުވުމަށާއި އިސްތަށި ފެޅުމަށް އެހީވެދޭ ތެލެކެވެ. މިއީ އެސެންޝަލް ތެލެކެވެ. މާނައަކީ މިތެޔޮ ތައްޔާރުކޮށްފައިވަނީ އާތްވާއެކު ތެޔޮތަށް ފަތުން ނެރުމަށްފަހު ދެން އެތޮޔޮ އާވިން ވަކިކޮށްގެންނެވެ. އެހެންކަމުން މިތެޔޮ އެހެން ތެޔޮތަކަށް ވުރެ އަގުބޮޑުވެދާނެއެވެ. ނަމަވެސް މީގެ ނަތީޖާ ހޯދާކަށް އެހާ ގިނައިން ބޭނުމެއް ނުވެއެވެ. ކުޑަ ޒައިތޫނި ނުވަތަ ކާށިތެޔޮ ފޮދަކަށް ދެތިން ތިކި ރޯޒްމެރީ ތެޔޮ އަޅާށެވެ. އަދި ރަނގަޅަށް މަސާޖްކުރާށެވެ. މިއީ ހަންގަނޑުގައި ލޭހިނގުން އިތުރުކޮށްދީ އިސްތަށި ވެރުމަށް މަގުފަހިކުރާ ޑ.އެޗް.ޓީ ހޯމޯން ދަށްކުރާ އެއްޗެކެވެ.

އަލޮވެރާއާއި ކާށިތެޔޮ

އެލޮވެރާއަކީ އިސްތަށި އަލުން ފެޅުމުގައި އެހީވެދޭ އެއްޗެކެވެ. އަދި ކާށިތެލަކީ ބޮލުގެ ހަންގަނޑުގެ ދުޅަހެޔޮކަމަށް ރަނގަޅު އެއްޗެކެވެ. އެއްސަމުސާ އެލޮވެރާ ޖެލްއާއި އެއްސަމުސާ ކާށި ތެޔޮ އެއްކޮށްގެން ހަފްތާއަކު އެއްފަހަރު ރަނގަޅަށް ބޯމަސާޖުކުރާށެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން