Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ސިއްހަތު

ބޭބީ ފުށުގެ ނުރައްކާތެރިކަން!

27 އޮކްޓޯބަރ 2017 - 18:00

ޙައްވާ އަޒްލީނާ ޢަލީ

މައިންބަފައިން އަބަދުވެސް ބޭނުންވާނީ އެމީހުންގެ ދަރިންނަށް އެންމެ ފައިދާހުރި މޮޅު ތަކެތި އިޚްތިޔާރުކުރުމަށެވެ. ބޭބީ ފުށަކީ ދަރިފުޅު ވިހާ ހިސާބުން ފެށިގެން ގިނަ މައިންބަފައިން ދަރިން ގައިގައި ހާކަން ބޭނުންކުރާ އެއްޗެކެވެ. ނަމަވެސް ގިނަ ބަޔަކަށް މީގެ ނުރައްކާތެރިކަން ނޭނގެއެވެ.

1960ގެ އަހަރުތަކުން ފެށިގެންވެސް ބޭބީ ފުށް ނުވަތަ ޓެލްކަމް ޕައުޑަރ ބޭނުންނުކުރުމަށް ސައިންޓިސްޓުން އިންޒާރުދެމުންދިޔައެވެ. ނެޕީ ޖަހާއިރު ހަންގަނޑު ހިކިކޮށް ބެހެއްޓުމަށް އާންމުކޮށް ބޭނުންކުރާ މިފުށުގެ ސަބަބުން އުމުރުގެ ވަކި ހިސާބަކުން އޯވަރީ ކެންސަރު ޖެހުމަށް މަގުފަހިކުރުވައެވެ. އަދިި ގައިގައި މިފުށް ހާކާއިރު އެފުށް ނޭވާޔާއިއެކު ހަށިގަނޑަށް އެތެރެވުމަކީވެސް ގެއްލުންދެނިވި ކަމެކެވެ. މިއީ ނެވާ ހިއްލުމާއި ފުއްޕާމޭގެ ކެންސަރަށް މަގުފަހިކުރާ ކަމެކެވެ.

ރީތިވާ ސާމާނާއި ކޮމްޕެކްޓް ޕައުޑަރގައިވެސް ހުންނަ ޓެލްކަމް އަކީ އެސްބެސްޓޯސް ކިޔާ ކެންސަރުޖެހުމަށް މަގުފަހިކުރާ މިނަރަލްވެސް ހުންނަ ތަންތަނާ ކައިރިން މައިން ކުރެވޭ އެއްޗެކެވެ. އެހެންކަމުން ބައެއް ޓެލްކަމް ފުށްތަކުގައި އެސްބެސްޓޮސް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ވީހާވެސް މިތަކެތި ބޭނުންކުރުމުން ދުރުވުން ބުއްދިވެރިއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން