Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ސިއްހަތު

އާމްލާ ނުވަތަ އިންޑިއަން ގޫސްބެރީގެ ފައިދާ

1 ނޮވެންބަރ 2017 - 18:00

ޙައްވާ އަޒްލީނާ ޢަލީ

އާމްލާއަކީ އާންމުކޮށް އިންޑިއާގައި ހެދޭ ހުތް މޭވާއެކެވެ. މީގައި ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓްސްއާއި ވިޓަމިން ސީ އެކުލެވިގެންވެއެވެ. އެހެކަމުން މިއީ އަރިދަފުސް ރޯގާ ފަދަ ބަލިތަކަށް ފަރުވާއެކެވެ. އަދި ދިފާޢީ ނިޒާމް ވަރުގަދަކޮށްދޭ މޭވާއެކެވެ. އާމްލާގައި އެކުލެވިގެން ވާ ފައިދާހުރި މާއްދާތަކުގެ ސަބަބުން މިއީ ހަންގަނޑަށާއި އިސްތަށިގަނޑުގެ ސިއްހަތަށްވެސް ނުހަނު ބޭނުންތެރި އެއްޗެކެވެ. އިންޑިއާގެ މަޝްހޫރު ތަރިއެއް ކަމަށްވާ ޝިލްޕާ ސެޓީ ބުނަނީ އޭނާގެ ޒުވާންކަމުގެ ސިއްރަކީ އާމްލާ ކަމަށެވެ. ފައިބަރުން މުއްސަނދިވެފައިވާ މިމޭވާއަކީ ހަޖަމުކުރުމުގެ ނިޒާމަށްވެސް ނުހަނު ބޭނުންތެރި މޭވާއެކެވެ.

އާމްލާއަކީ ހަކުރު ބަލި ހުންނަ ބޭފުޅުންނަށްވެސް ވަރަށް ރަނގަޅު އެއްޗެކެވެ. ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށް ހަކަތަ އުފައްދައިދޭ މިކާނާއަކީ ކެންސަރު ބަލިންވެސް ރައްކާތެރިކޮށްދޭ ކާނާއެކެވެ. މީގެ ޕައުޑަރަކީ އާންމުކޮށް އިންޑިއާގައި އިސްތަށިގަނޑަށް ބޭނުންކުރާ އެއްޗެކެވެ. މަޑު ފެހުކުލައެއްގައި ހުންނަ މިމޭވާގައި ހުންނަނީ އެންމެ އޮށެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން