Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ސިއްހަތު

ލުނބޯ ފެން އަބަދު ބޯނަމަ ފެނިދާނެ ސައިޑް އެފެކްޓްސް

9 ނޮވެންބަރ 2017 - 22:00

ޙައްވާ އަޒްލީނާ ޢަލީ

ކޮންމެ ކާނާއަކީވެސް އެކާން އޮންނަ މިންގަނޑަށްވުރެ އިތުރަށް ބޭނުންކުރާނަމަ އެއިން ނޭދެވޭ ނަތީޖާ ފެނިދާނެ އެއްޗެކެވެ. ލުބޮޔަކީވެސް ހަށިގަނޑަށް ފައިދާހުރި އެއްޗަކަށް ވާއިރު އޭގެ ބޭނުން މާގިނައިން ކުރާނަމަ ނޭދެވޭ ނަތީޖާ ފެނިދާނެ މޭވާއެކެވެ. އޭގެ ތެރޭގައި

ދަތްތަކަށް ގެއްލުންވުން

ކޯކާއި ތަފާތު ސޮފްޓް ޑްރިންކްސް ފަދައިން ލުނބޮޔަކީ ދަތްތަކުގެ ބޭރުގައިވާ ފަށަލަ ގިރުމަށް މަގުފަހިކުރާ އެއްޗެކެވެ. ލުނބޯ ފެން ބުއިމަށްފަހު ހުސް ފެންފޮދަކުން އަވަހަށް އަނގަ ދޮވުން ބުއްދިވެރިއެވެ.

އަގައިގައި ފޮޅުނަގާފައި ހުރިނަމަ ފާރު އިތުރަށް ބޮޑުވުން

އަގައިގައި ފޮޅުނަގައިފައި ހުންނަ މީހުން ލުނބޯފެން ބޯނަމަ ފޮޅުތައް އިތުރަށް ފާރުވުމަކީ ވެދާނެކަމެކެވެ.

މޭއެންދުން

ލުނބޮޔަކީ އެސިޑިކް އެއްޗެއް ކަމުން ބައެއް މީހުން މާގިނައިން ލުނބޯ ފެނުމުން މޭއެންދުމާ ކުރިމަތިލާންޖެހެއެވެ.

ބޯއަނބުރައި ހޮޑުލެވުން

ލުނބޯގައި ވިޓަމިން ސީ މާގިނައިން އެކުލެވޭތީ ބޭނުންވާ ވަރަށްވުރެ އިތުރަށް ލުނބޯ ބޭނުންކޮށްފިނަމަ މޭނުބައިކުރުމާއި ހޮޑުލެވުމަކީ ވެދާނެ ކަމެކެވެ. ހަށިގަނޑަށް ބޭނުންވާވަރަށްވުރެ އިތުރަށް ވިޓަމިންސީ އެތެރެވުމުން އިތުރުވާބައި ބޭރުކުރަން ހަށިގަނޑު މަސައްކަތްކުރާނެއެވެ.

މާބޮނޑަށް ހަށިގަނޑުގައި ދަގަނޑުގެ ބައި ގިނަވުން

ލުނބޮލުއި ވަރަށް ގިނައިން ދަގަނޑު އެކުލެވިގެންވެއެވެ. ދަގަނޑަކީ ލޭގެ ސެލްތައް އުފެއްދުމަށް މުހިންމު އެއްޗަކަށްވިޔަސް މާގިނައިން ދަގަނޑު އެތެރެވެއްޖެނަމަ ހަށިގަނޑަށް ގެއްލުންވުމަކީ އެކަށީގެންވާ ކަމެކެވެ.

މާގިނައިން ކުޑަކަމުދެވުން

މާގިނައިން ކުޑަކަމުދެވުމަކީ ލުނބޯ ގިނައިން ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ކަމެކެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ އިލެކްޓްރޮލައިޓްސް އާއި ފެން މަދުވެ ހަށިގަނޑު ޑީހައިޑްރޭޓްވުމަށް މަގުފަހިވެދާނެއެވެ.

ދުވާލަކު ދެތިން ލުނބޮޔަށްވުރެ ގިނައިން ބޭނުންކުރުން އެދެވިގެންނުވެއެވެ. އިތުރަށް ބޭނުންކުރާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން