Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ސިއްހަތު

ބަރުދަން ލުއިކުރުމަށް ޕިސްޓާޝިއޯ ނަޓްސް

9 ނޮވެންބަރ 2017 - 15:00

ޙައްވާ އަޒްލީނާ ޢަލީ

އަނގަޔަށް މީރު ފެހިކުލައިގެ މިމަދަކީ ހަށިގަނޑަށް ފައިދާހުރި ފައިބާ، ޕްރޮޓީން އަދި ފެޓްސް އިން މުއްސަނދިވެފައިވާ މަދެކެވެ. ޕިސްޓާޝިއޯ ބޭނުންކޮށްގެން ބަރުދަން ލުއިވޭތޯ ކުރި ދިރާސާއެއްގައި ދެގުރޫޕެއްގެ މީހުން ޓެސްޓު ކުރެވުނެވެ. ހުރިހާ އެންމެނަށްވެސް ކެލޮރީސް ކާން ދިނީ އެއްވަރަކަށްށެވެ. ނަމަވެސް އެއްގުރޫޕަށް ޕިސްޓާޝިއޯ ކާން ދެވުނު އިރު އެނެއް ގްރޫޕަށް ދިނީ ޕްރެޓްޒިލް (ފޮނި ކާއެއްޗެއް) އެވެ. ނަތީޖާއިިން ދެއްކި ގޮތުގައި ޕިސްޓާޝިއޯ ކޭމީހުންގެ ބަރުދަން އަނެއް ގުރޫޕުގެ މީހުންނަށްވުރެ ލުޔެވެ.

ޕިސްޓާޝިއޯގައި ހިމެނޭ މޮނޮ އަދި ޕޮލި އަންސެޗުރޭޓެޑް ފެޓަކީ ހިތުގެ ބައްޔާއި މެޓަބޮލިކް މައްސަލަތަކަށްވެސް ކަމުދާ އެއްޗެކެވެ. އެހެންކަމުން ދެންވެސް ބަނޑުހައިވީމާ މެޓާ ތަށްޓަކަށް އަތްދިއްކޮށްގެން އިނުމުގެ ބަދަލުގައި ތައްޔާރުކޮށްފައި ޕިސްޓާޝިއޯ ތަށްޓެއް ބައިންދާށެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން