Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ސިއްހަތު

ރޯޔަލް ޖެލީގެ ފައިދާ

9 ނޮވެންބަރ 2017 - 22:00

ޙައްވާ އަޒްލީނާ ޢަލީ

ކުޅަނދުރު އުފައްދާ މާމުޔަކީ އެންމެންނަށްވެސް އެނގޭ ޙަށިގަނޑަށް ފައިދާހުރި އެއްޗެކެވެ. ނަމަވެސް ކުޅަނދުރު އުފައްދާ ރޯޔަލް ޖެލީގެ ފައިދާ އެނގޭ ހެއްޔެވެ. ރޯޔަލް ޖެލީއަކީ ކުޅަނދުރު ހަތާގެ ރާނީއަށް ދެވޭ ކާނާއެވެ. އަދި އާރާނީއެއް އިސްކުރާއިރު އެރާނީއަށް އެންމެ ކުޑައިރުންސުރެ ކާންދޭ އެއްޗަކީ ރޯޔަލް ޖެލީއެވެ. މީގެން ރާނީއަށް ދުވާލަކު އެތައް ބިހެއް އެޅާނެ ވަރު ޖައްސާދެއެވެ. އެހެންކަމުން އިންސާނުން މިބޭނުންކުރާނަމަވެސް މީގެން ލިބެން ހުރި ފައިދާތައް އެބަހުއްޓެވެ.

ހަށިގަނޑުގައި ވަރުޖެއްސުމާއި ޖިންސީ ބާރު ގަދަކުރުމަކީ ރޯޔަލް ޖެލީ މަޝްހޫރުވާ އެއްކަމެވެ. އަދި މީގެ އިތުރުން އުދާސްކަން ކުޑަކޮށް ކަންކަމަށް ސަމާލުކަންދީ ސިކުނޑި ހޭލުންތެރިކުރުމަކީވެސް ރޯޔަލް ޖެލީ ބޭނުންކުރާނަމަ ލިބިދާނެ ފައިދާތަކެވެ. ކާބޯހައިޑްރޭޓް އަދި ވިޓަމިންސާއި މިނަރަލްސްތަކުން މުއްސަނދިވެފައިވާ ރޯޔަލް ޖެލީއަކީ ހަންގަނޑާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށްވެސް ބޭނުންކުރުން ރަނގަޅު އެއްޗެކެވެ. 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން