Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ސިއްހަތު

ތެތްކޮށް ހުއްޓާ އަންނައުނު ނުލުމަށް ސަމާލުވާންޖެހޭ

13 ނޮވެންބަރ 2017 - 09:00

އައިމިނަތް ނޫރް އަޙްމަދު

ލާ އެއްޗެހި ތެތް ނަމަ ސިއްޙަތަށް އޭގެ ސަބަބުން ގެއްލުން ލިބެއެވެ. ތެތް ކަން އެއްވެސް ވަރަކަށް ހުއްޓަސް އަދި ބަންދުވެފައި ހުރި ތަނެއްގައި ހިއްކަން އެޅުމުން ވެސް އޭގެ ސަބަބުން ސިއްހަތައް ނޭދެވޭ އަސަރު ކުރެއެވެ.

ބަންދުވެފައިވާ ތަނެއްގައި ތެތް އެއްޗެހި ހިއްކަން އެޅުވުމުން ނޭވާ ހިއްލާ މީހަކަށް ނުވަތަ ދިފާއީ ނިޒާމުގެ ބާރު ދެރަ މީހަކަށް އޭގެ އަސަރު ކުރާނެއެވެ. ބަންދުވެފައި ހުންނަ ތަނެއްގައި އެއްޗެހި ހިއްކުމުން ވައިގެ ތެރޭގައި %30 އަށް ހައިޑްރޮޖެން އިތުރުވެއެވެ. މީގެ ސަބަބުން ނުރައްކައުތެރި ފަންގަސް އެއް ކަމަށްވާ އެސްޕާގިލަސް ފިއުމިގޭޓަސް ވައިގެ ތެރޭގައި ގިނައިން އުފެދުމަށް މަގު ފަހިވާތީއެވެ.

މީގެ އިތުރުން ރޯގާ ޖެހުން، ކިނބިހި އެޅުން، ނޭވާ ހިއްލުން، ކެއްސުން އަދި ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމަށް ފުރުސަތު އިތުރުވެއެވެ.

އަންނައުނު ތެތް ވުމުގެ ސަބަބުން އޭގައި ހުންނަ ކެމިކަލް ތަކުގެ ތެރޭގައި ނުރައްކާތެރި އެސެޓަލްޑީހައިޑްސްއޭ ކިޔާ ބެކްޓީރިއާއެއް އުދެފެއެވެ. މިއީ ކެންސަރަށް މަގުފަހިކޮށްދޭ އެއްޗެކެވެ.

ވީމާ އަންނައުނު ރަނގަޅަށް ހިއްކުމަށްފަހު ނޫނީ ނުލާށެވެ. ރަނގަޅީ ހިއްކާ ބައިން ހިއްކުމަށްފަހު އަވީގައި ވެސް ހިއްކަން އެޅުމެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން