Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ސިއްހަތު

ހިތްތަލަ ފުށުގެ ފައިދާ

15 ނޮވެންބަރ 2017 - 15:00

ޙައްވާ އަޒްލީނާ ޢަލީ

ހިތްތަލަ ފުށަކީ ރާއްޖޭގައި އާންމުކޮށް ބޭނުންކޮށްއުޅޭ ކާނާއެކެވެ. މީގެ ފައިދާ އާއި މަންފާ ކާބަފައިންވެސް ދައްކާ އުޅުނެވެ. ހިތްތަލައަށް ދެވިފައިވާ ނަމަކީ އެރޯރޫޓެވެ. މިނަން ހިތްތަލަ އަށް ދެވުނީ ސެންޓްރަލް އެމެރިކާގެ މީހުންގެ ގަޔަށް ވިހަ ތީރު ޖެހުމުން އެމީހުންގެ ހަށިގަނޑު ފަސޭހަކުރަން އެރޯރޫޓް ދީ އުޅުނީމައެވެ.

23% ސްޓާޗް އެކުލެވިގެންވާ ހިތްތަލަ އަކީ ވަރަށް ފަސޭހައިން ހަޖަމު ވާ އެއްޗެކެވެ. އެހެންކަމުން ގައިގައި ވަރުޖެއްސުމަށް މިއީ ވަރަށް ރަނގަޅު ކާނާއެކެވެ. އަދި މިއީ ކުޑަކުދިންނަށް ކާން ދިނުމަށްވެސް ބޭނުންކުރެވޭ ރައްކާތެރި އެއްޗެކެވެ. ހިތްތަލައަކީ އެއްވެސް ކެމިކަލެއް ނުޖަހައި ހައްދައިގެން ތައްޔާރުކުރާ އެއްޗެކެވެ. ހިތްތަލަ އަކީ ވިހަވެފައިވާ މީހަކަށް ދިނުން ވަރަށް ރަނގަޅު ކާނާއެކެވެ. އެއީ ނަގުލަންދާށި ފަދަ ދިރޭތަކެތީގެ ވިހަ ކަމުގައިވިޔަސްވެސްއެވެ. ވިޓަމިން ބީއާއި ފޮލޭޓުން މުއްސަނދިވެފައިވާ ހިތްތަލަ އަކީ މާބަނޑުމީހުން ކާން ވަރަށް ރަނގަޅު ކާނާއެކެވެ. ހިތްތަލައަކީ ދިފާޢީ ނިޒާމު ވަރުގަދަކޮށްދީ ޔޫރިން އިންފެކްޝަން ޖެހުމުންވެސް ދުރުކޮށްދޭ ކާނާއެކެވެ. ހިތްތަލަފުށަކީ ސަޔާއި ޖޫސް އަދި ފާނާއި ކޭކު ފިހުމުގައި ބޭނުންކުރެވިދާނެ ފައިދާހުރި އެއްޗެކެވެ. 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން