Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ސިއްހަތު

ކާށި ތެޔޮ ހަންގަނޑަށް ފައިދާ ހުރި އެއްޗަކަށް ވާ ސަބަބު

17 ނޮވެންބަރ 2017 - 09:00

އާޝިޔާ މުޙައްމަދު

ކާށި ތެލަކީ އެކި ކަހަލަ ކަންތައްތަކަށް ބޭނުންކުރާ ފައިދާ ހުރި ތެޔޮ އެކެވެ. އަސްލު ކާށި ތެލުގައި އެކި ބާވަތުގެ ކެމިކަލްސް ތަކެއް އަދި ބާރުގަދަ މާއްދާތަކެއްވެސް ނުހިމެނެއެވެ. މީގެ އިތުރުން އެންޓިބެކްޓީރިއަލް އަދި އެންޓިފަންގަލް މާއްދާތައް ހިމެނެއެވެ. ވީމާ މިއީ ހަންގަނޑަށާއި ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗަކަށް ވެއެވެ.

• ސެޗުރޭޓަޑް ފެޓްސް
މީގެ ސަބަބުން ހަމުން ތެތް ކަން ދިޔަނުދީ ހިފަހައްޓާދެއެވެ. ވީމާ މޮއިސްޗަރައިޒަރ އަކަށް ކާށި ތެލަކީ ވަރަށް ރަނގަޅު އެއްޗެކެވެ.

• ކެޕްރިކް، ކެޕްރީލިކް އަދި ލޯރިކް އެސިޑު
މި ފެޓީ އެސިޑަކީ ބާރުގަދަ ޑިސްއިންފެކްޓަންޓް އަދި އެންޓިމައިކްރޯބިއަލް މާއްދާތައް ހިމެނެއެވެ. ވީމާ ހަންގަނޑު ހަލާކުވުމުން ރަނގަޅުކޮށްދީ އިންފެކްޝަންތަކުން ވެސް ސަލާމަތްކޮށްދެއެވެ.

• ވިޓަމިން އީ
ވިޓަމިން އީ އަކީ ހަންގަނޑު ގެ ދުޅަހެޔޮ ކަމަށް ވަރަށް ރަނގަޅު އެއްޗެކެވެ. ހަންގަނޑު ހަލާކުވުމުން ރައްކައުތެރިކޮށްދެއެވެ. އަދި ވިޓަމިން އީ އެންޓިއޮކްސިޑަންޓް އެއް ގޮތަށް މަސައްކަތްކޮށް ހަންގަނޑު ދުވަސްވެ ރޫ ޖެހުމުން ސަލާމަތްކޮށްދެއެވެ.

• ޕްރޮޓީން
ކާށި ތެލަކީ ޕްރޮޓީން ގިނަ ޢަދަދަކަށް ހުންނަ އެއްޗެކެވެ. ވީމާ ހަންގަނޑު ހަލާކުވުމުން ރައްކައުތެރުކޮށްދީ ހަލާކުވުމުން އަވަހަށް ރަނގަޅު ކޮށްދެއެވެ. 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން