Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ސިއްހަތު

ބޭކެޑް ޕޮޓޭޓޯ ޕިއްޒާ ރެސިޕީ

24 ނޮވެންބަރ 2017 - 12:00

ޙައްވާ އަޒްލީނާ ޢަލީ

ބޭނުންވާ ތަކެތި:

ބޮޑު 5 އަލުވި

ކުކިން އޮއިލް

ޕިއްޒާ ސޯސް

މޮޒަރެއްލާ ޗީޒް

ޕިއްޒާ މަސްގަނޑަށް

1 ބެލް ޕެޕާ

1 ޓޮމާޓޯ

1 ކެޕްސިކަމް

1 ޖޯޑު ބޯންލެސް ޗިކަން ނުވަތަ މަސްދަޅެއް

1 ފިޔާ

2 ހިކަނދިފަތް

1 ރާނބާފަތް

1/2 ޖޯޑު މަޝްރޫމް

ރަހަލާވަރަށް ލޮނު

 

ތައްޔާރުކުރާނެ ގޮތް:

އަލުވިތައް ރަނގަޅަށް ދޮވެލުމަށްފަހު ތޮށިގަނޑު ހިކެންދެން ބަހައްޓާލާށެވެ. ތޮށިގަނޑު ހިކުމުން އަލުވީގެ ބޭރުގައި ތެޔޮފޮދު ރަނގަޅަށް އުގުޅާލާށެވެ. ދެން އުލަކުން އަލުވީގެ އެކި ދިމަދިމާލަށް ރަނގަޅަށް ތޮރުފާލާށެވެ. ދެން ޓްރޭއެއްގައި އަލުވިތައް ބެހެއްޓުމަށްފަހު މައްޗަށް ކުޑަ ލޮނު ކޮޅެއް ބުރުވާލާށެވެ. ދެން އަވަނުގައި 180 ޑިގްރީ ސެލްސިއަސްގައި ގަނޑިއެއްހާއިރު ވަންދެން ފިހެލާށެވެ. ދެން ފިހެވުމުން އަލުވި ނެގުމަށްފަހު މެދުން ތަންކޮޅެއް ފަޅާލާށެވެ. ދެން އަލުވީގެ ދެފަރާތުގައި އަތްލުމަށްފަހު އަލުވީގެ ފަޅާލި ބައިގެ ޖާގަ ބޮޑުކޮށް އަލުވި ކުޑަކޮށް ފަތުރާލާށެވެ. ދެން ފިޔާމީރުކުރުމަށްފަހު ޕިއްޒާގެ މަސްގަނޑު އުނދުންމަތީގައި ތައްޔާރުކުރާށެވެ. އެއަށްފަހު އަލުވީގައި ޕިައްޒާ ސޯސް ހޭކުމަށްފަހު މަސްގަނޑު އަޅާށެވެ. ދެން ގާނާފައި ހުރި ޗީޒްކޮޅު އަޅާލުމަށްފަހު އިތުރު 10 މިނެޓްވަންދެން ފިހެލާށެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން