Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ސިއްހަތު

ހޯމޯން ބެލެންސް ކުރާނީ ކިހިނެއް؟

26 ނޮވެންބަރ 2017 - 20:00

ޙައްވާ އަޒްލީނާ ޢަލީ

އަންހެނުންނަށް އާންމުކޮށް ދިމާވާ އެއްކަމަކީ ހޯމޯން މައްސަލަޖެހުމެވެ. އާންމުކޮށް ހޯމޯން މައްސަލަޖެހޭ އެއްކަމަކީ ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޮމް(ޕީކޮސް) ޖެހުމެވެ. މި ސިންޑްރޮމްގެ ސަބަބުން އަންހެނުން ހަށިގަނޑުގައި ފިރިހެން ހޯމޯން ގިނަވެއެވެ. މިކަމުގެ ސަބަބުން މައްސަރު ދުވަސްތަށް އައުން ހުއްޓި މައްސަލަޖެހުމާއި، މޫނު ތެޔޮވެ ބިހިނެގުމާއި ގަޔާއި މޫނުގައި އިސްތަށި ފެޅުން، ބަރުދަން އިތުރުވުން އަދި ބޮލުން އިސްތަށި ވެރުން ފަދަ އެތައް އުދަނގުލަކާއި ކުރިމަތިވެއެވެ. މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމެވެ.

ހޯމޯން ބެލެންސްކުރުމަށް ވީހާވެސް ގިނައިން ތާޒާ މޭވާއާއި ތަރުކާރީ ކާށެވެ. އަދި ކޮފީ ފަދަ އެއްޗެހި ބުއިމުން ދުރުވާށެވެ. ގިނައިން މެގްނީޒިއަމް އަދި ދަގަނޑު އެކުލެވިގެންވާ ކާނާތަށް ކެވޭތޯ ބަލާށެވެ. ހޯމޯން ބެލެންސުކުރުމުގައި އެހީވެދޭ ބައެއް ކާނާ ނުވަތަ ސަޕްލިމެންޓްތަކަކީ ރީދޫ، އިވްނިންގް ޕްރިމް ރޯޒް ތެލާއި ޒިންކެވެ. ހޯމޯން މައްސަލަ ޖެހޭނަމަ ވިޓަމިން ޑީ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ހެނދުނުގެ ވަގުތުގައި އަވީގައި 20 މިނެޓްވަންދެން ހިނގާލަން އާދަކުރާށެވެ. ގްރީން ޓީ އާއި ސްޕިއަމިންޓް ސަޔަކީވެސް ހޯމޯން ބެލެންސުކުރުމުގައި އެހީވެދޭ ކާނާއެކެވެ. ޕީކޮސްގެ އަލާމާތްތަށް ފެންނަނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން