Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ސިއްހަތު

ކޮޓަރީގައި ސްނޭކް ގަހެއް ބެހެއްޓުމުގެ ފައިދާ

29 ނޮވެންބަރ 2017 - 09:00

ޙައްވާ އަޒްލީނާ ޢަލީ

އޮކްސިޖަނަކީ އިންސާނުންގެ ސިއްހަތާއި ދިރުމަށް ވަރަށް މުހިންމު އެއްޗެކެވެ. ގަހަކީ ޖައްވުގައި ހުންނަ ކާބަންޑައިއޮކްސައިޑްތައް އޮކްސިޖަންއަށް ބަދަލުކުރާ ވަރަށް މުހިންމު އެއްޗެކެވެ. އާންމުކޮށް ހުންނަ ގަސްތަކަކީ ދުވާލުގަނޑީގައި އޮކްސިޖަން ބޭރިކުރިޔަސް ރޭގަނޑު ގަޑީގައި ކާބަންޑައިއޮކްސައިޑް ބޭރުކުރާ ގަސްތަކެކެވެ. ނަމަވެސް ސްނޭކް ޕްލާންޓަކީ މިއާ ޚިލާފަށް ރޭގަނޑުގައި ކާބަންޑައިއޮކްސައިޑް ބޭނުންކުރުމަށްފަހު އޮކްސިޖަން ބޭރުކުރާ ގަހެކެވެ. ނާސާއިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މިގަހަކީ ވައިގައި ހުންނަ ކެމިކަލްތައް ސާފުކޮށްދޭ ގަހެކެވެ. ނާސާއިން މީގެ ގަހެއް ވިހަ ގޭސް ޗެމްބަރެއްގައި 24 ގަޑިއިރު ބެހެއްޓުމަށްފަހު ކުރެވުނު ތަހުލީލުތަކުން ދެއްކިގޮތުގައި ވައިގައި ހުރި ބެންޒީން %53 އިންސައްތަ ކުޑަކޮށްދިނެވެ. އަދި އެހެން ވިހައެއް ކަމަށްވާ ޓްރައިކްލޮރޯއީތައިލީން ގެ އަދަދު %13.4 ދަށްކޮށްދިނެވެ.

ނޭވާ ހިއްލާބޭފުޅުން ކޮޓަރީގައި މިގަސް ބެހެއްޓުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އަދި މިގަހަކީ ނިދާއިރު ހަށިގަނޑަށް އޮކްސިޖަން ފޯރުކޮށްދޭ މިންވަރު އިތުރުކޮށްދޭ ގަހެކެވެ. މާލެ ފަދަ ކާރޫބާރޫ ބޮޑު ވައިނުސާފު ސިޓީއެއްގައި މިގަސް ހެއްދުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ބަލާލަންވެސް ރީތި ފަސޭހައިން ހެއްދޭ މިގަހަކީ މިހާރު މާލޭގައި އާންމުވަމުން އަންނަ ގަހެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން