
އިސްތަށި ވެރުމަކީ ގުދުރަތީ ކަމެކެވެ. އާންމުކޮށް ކޮންމެ މީހެއްގެ ބޮލުންވެސް ދުވާލަކު 60 ހާއި 100 އާއި ދެމެދުގެ އިސްތަށި ވެރޭނެއެވެ. ނަމަވެސް އާދަޔާއި ޚިލާފަށް އިސްތަށިވެރޭނަމަ މިކަމަަށް ހައްލު ހޯދަން މަސައްކަތްކުރުން މުހިންމެވެ. ބައެއްފަހަރަށް މާގިނައިން އިސްތަށިވެރުމުގެ ފަހަތުގައި ސިއްޙީ މައްސަލައެއްވުމަކީވެސް ގާތް ކަމެކެވެ. އެހެންކަމުން ޑޮކްޓަރެއްގެ ލަފާ މިކަމުގައި ހޯދުންވެސް މުހިންމެވެ. ނަމަވެސް ގޭގައި އިސްތަށި ވަގުތީ ގޮތުން ފައިބާ މިންވަރު މަދުކުރުމަށް ބައެއް ފަރުވާ ކުރެވިދާނެއެވެ.
ބޭނުންވާތަކެތި:
- 1/4 ޖޯޑު ފިޔާ ދިޔަ (ތުނި ފޮތިކޮޅަކުން ފުރާނާފައި)
- 1/4 އަލޮވެރާ ޖެލް
- 1 މޭޒްމަތީ ސަމުސާ ކާށި ތެޔޮ
ހުރިހާ އެއްޗެއް އެއްކޮށްލެއްވުމަށްފަހު ބޮލުގެ ހަންގަނޑު މީގެން މަސާޖްކޮށްލާށެވެ. އަދި 20 މިނެޓް ފަހުން ޝޭމްޕޫ ލައިގެން ދޮވެލާށެވެ. މިއީ އިސްތަށިވެރުން މަދުކޮށްދީ އިތުރު އިސްތަށި ފެޅުމަށް އެހީވެދޭ އެއްޗެކެވެ. ނަމަވެސް މިބޭނުންކުރުމުގެ ކުރިން ފިޔަލަށް އެލާޖިކް ވޭތޯ އަތުގެ ހަންގަނޑުގައި ޓެސްޓުކޮށްލާށެވެ. މިފަރުވާގެ އެންމެ ކަމުނުދާނެ ކަމަކީ ބޮލުން ފިޔާ ވަސް ދުވުމެވެ. މިކަމަށް 1/4 އެޕަލް ސައިޑަރ ވިނިގާ 1 ޖޯޑު ފެނަށް އެޅުމަށްފަހު މީގެން އިސްތަށިގަނޑު ދޮވެލާށެވެ. މިބޭނުންކުރުން އެންމެ ރަނގަޅީ ކޮންމެ ފަހަރަކުވެސް ތާޒާކޮށް ތައްޔާރުކޮށްގެންނެވެ.
ކިޔުންތެރިންގެ ހިޔާލުތައް