Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ސިއްހަތު

ކާން ރަނގަޅީ ކެއްކި ތަރުކާރީތަ ނުވަތަ ރޯތަރުކާރީތަ؟

28 ނޮވެންބަރ 2017 - 20:00

ޙައްވާ އަޒްލީނާ ޢަލީ

ތަރުކާރީއަކީ ހަށިގަނޑަށް ބޭނުންވާ ވިޓަމިނާއި މިނަރަލްސްތަށް ލިއްބައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ކާނާގެ ބާވަތެކެވެ. ބައެއް މީހުން ރޯތަރުކާރީ ކެއުމަށް ލަފާދޭއިރު އަނެއް ބައިމީހުން ލަފާދެނީ އާވިން ނުވަތަ ފެނުގައި ކައްކައިގެން ތަރުކާރީ ކެއުމަށެވެ. މިދެގޮތަށް ކައްކާ ތަރުކާރީގައިވެސް ފައިދާވެއެވެ. ރޯކޮށް ކާތަރުކާރީގައި ހުރި ފައިދާއަކީ އޭގައިވާ ވިޓަމިންސްތަށް ހަލާކުނުވެ ހަށިގަނޑަށް ލިބުމެވެ. ނަމަވެސް ރޯތަރުކާރީ ހަޖަމުކުރުމަށް ބައެއްމީހުންނަށް އުދަނގޫވެއެވެ. އޭގެ ބައެއް ސަބަބުތަކަކީ ބަނޑުގައި އެސިޑް ހުންނަ ޖެހޭ މިންވަރު މަދުވުމާއި ކާނާ ހަޖަމުކުރުމަށް ބޭނުންވާ ބެކްޓީރިއާއާއި އެންޒައިމްތަށް މަދުވުމެވެ. މިފަދަ ހާލަތެއްގައި ރޯތަރުކާރީއަށް ވުރެ ކާން ރަނގަޅީ ކެއްކި ތަރުކާރީއެވެ.

ކައްކާފައި ހުންނަ ތަރުކާރީ ހަށިގަނޑަށް ހަޖަމުކުރަން ފަސޭހަވެއެވެ. ނަމަވެސް ކެއްކުމުން ބައެއް ވިޓަމިންސްތަށް ހަލާކުވެއެވެ. ނަމަވެސް ހުރިހާ މިނަރަލްސްތަށް ފުރިހަމައަށް ލިބޭނެއެވެ. އާންމުކޮށް ތަރުކާރީ ނުކާ މީހަކު ކުއްލިއަކަށް ގިނައިން ތަރުކާރީކާން ފަށައިނަމަ ބަނޑުގައި ތަރުކާރީ ހަޖަމުކުރަން އުދަނގޫވާނެއެވެ. ސަބަބަކީ ހަށިގަނޑުގައި އެކަމަށް ބޭނުންވާ އެންޒައިމްތަށް ތައްޔާރުވެފައި ނުވުމެވެ. އެހެންކަމުން މަޑުމަޑުން ކެއުމުގައި ތަރުކާރީ އިތުރުކުރަމުން ދިއުން ބުއްދިވެރިއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން