Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ލޯބި

ތިބާގެ ބައިވެރިޔާ ތިބާގެ މަތިން ފޫހި ވެއްޖެ ކަމުގެ ބައެއް ނިޝާންތައް

11 އޮގަސްޓް 2017 - 11:30

ޙައްވާ މައިޝާ އިބްރާހީމް

ގިނަ މީހުންނަކީ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި މިތަޖުރިބާ ކޮށްފައިވާނެބައެކެވެ. އެއްބަޔަކު ވަރިވާއިރު އަނެއްބަޔަކު ލޯބިވެގެން ރައްޓެހިވެގެން އުޅޭ މީހާ އާއި ރުޅިވެއެވެ. މިއީ ގިނަ މީހުންނަށް ހިތި ތަޖުރިބާއެކެވެ. ގުޅިގެން 5 އަހަރުވި ކައިވެނި ނުވަތަ ރައްޓެހިވެގެން އުޅޭތާ 6 އަހަރުވެ ކައިވެންޏާއި ހަމައަށް ދާންވެފައިވާ ލޯބީގެ ގުޅުންވެސް ނިންމާލަން ބޭނުންވާ ހިސާބުން އެކަން ކުރަން ބޭނުންވާ މިހާގެ އެދުމާއި އެއްގޮތައް އެކަންވެގެން ދެއެވެ.

1. އަބަދުވެސް ބިޒީ ވެގެން އުޅުން.

ދިރިއުޅުމުގައި ބުރަތަކެއް ހުރި ނަމަވެސް، ލޯބިވާ މީހުންނަށް ވަގުތު ހޯދުމަކީ އުނދަގޫކަމެއް ނޫނެވެ. ބިޒީ އޭ ބުނެ ބަހަނާ ދައްކާކަމުގައި ވާނަމަ އެއީ އެމީހާގެ ހިތުގައި އަނެކާއަށްވާ ލޯބި މަދުވެފައިވާކަން އަންގައިދޭ ކަމެކެވެ. އަދި ކުރިން ނުދައްކާ ބަހަނާއެއްގެ ގޮތުގައިވެސް ފާހަގަ ކުރެވޭނެއެވެ.

 

2. އެކުގައި ކަންތައް ކުރުމުގެ ރޭވުންތައް ނުގެންގުޅުން.

އެކުގައި އުޅެ ގުޅުން ވަރުގަދަ ކުރަން ބޭނުންވާ މީހުންނަކީ ބައިވެރިޔާއާއެކު ވަގުތު ހޭދަކުރުމަށް ރާވާނެ ބައެކެވެ. މީގެ މާނައަކީ އެކުގައި ބަންދުދުވަސް ތަކުގައި ކޮށްލާނެ މަޖާ ކަންތައް ރޭވުން ފަދަ ކަންތައް ކުރުމެވެ.

 

3. އަނެކާގެ ހިތްހަމަ ޖެހުމަކަށްޓަކައި މަސައްކަތް ނުކުރުން.

މީގެ މާނައަކީ އަބަދު އެކުގައި ވަގުތު ހޭދަކުރުމެއް ނޫނެވެ. ނަމަވެސް އެކުގައި ހޭދަކުރާ ވަގުތަކީ އަބަދުވެސް އަނެކާ ހިތްހަމަ ޖައްސައިދެވޭ ވަގުތެއްކަމުގައި ހެދުމެވެ. މިސާލަކަށް ބޭރަށް ގޮވައިގެންދާ ވަގުތުގައި މީރުވަސް ގައިން ދުވުން.

 

4. އަބަދުވެސް އަމިއްލަ ބޭނުންތަކަގެ ވާހަކަ ދެއްކުން.

މިކަހަލަ މީހުންނަކީ ހަމައެކަނި އެމީހެއްގެ އެދުންތަކުގެ ވާހަކަ ދެއްކުމުގައި އަވަދި ނެތި އުޅޭ ބައެކެވެ. އެއްވެސް ހާލަތެއްގައި އަނެކާގެ އިޚްސާސްތަކަށް ނުވަތަ އަނެކާ ބޭނުންވާނެ ގޮތެއްބަލާނެ މީހުންނެއް ނޫނެވެ.

 

5. ބައިވެރިޔާގެ ބޮލުގައި އަބަދުވެސް ކުށުގެ ޒިންމާ އެޅުވުން.

އަމިއްލަ ކުށް ޤަބޫލު ކުރާނީ އެ ޒިންމާ ނަގައިގެން އެ ގުޅުން ދެމިއޮތުމަށް އެދޭ މީހުންނެވެ. މިގޮތަށް ބައިވެރިޔާގެ ބޮލުގައި ހުރިހާ ޒިންމާއެއް އަޅުވާ މީހުންނަކީ އެގުޅުން ނިންމަން ބޭނުންވެފައި ތިބޭ މީހުންނެވެ.

 

6. ކުރާ ކަންތަކުގައި ބައިވެރިޔާގެ އެއްބާރުލުމާއި ހިތްވަރު ނުލިބުން.

ބުރަ ދުވަހެއްގެ މަސައްކަތަށްފަހު ގެއަށް އައުމުން ދުވަހުގެ ވާހަކަ އަހައި ކުރިއެރި ކަންތަކުގެ ވާހަކަ ނުދެއްކުން، މިއީ ނިމުމަކަށް އައިސްފައިވާ ގުޅުންތަކުގައިވާ މިޒާޖު ތަކެވެ.

 

7. ދޮގުހެދުމާއި އޮޅުވާލުން ގިނަވުން.

މިކަމުގައި ގިނަފަހަރަށް އެހެން އަންހެނެއްގެ ގުޅުންވެސް އޮވެދާނެއެވެ. ތިބާގެ ބައިވެރިޔާ ދޮގުހަދާފައި ގިނަވަގުތު ބޭރުގައި އުޅުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން