Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ލޯބި

އޭނާގެ ރަހްމަތްތެރިކަމަކީ ވިހައެއްކަން އަންގައިދޭ ނިޝާންތައް!

12 އޮގަސްޓް 2017 - 10:35

ޙައްވާ އަޒްލީނާ ޢަލީ

 

ކޮންމެ މީހަކީވެސް ދެމެހެއްޓެނިވެގެންވާ ރަނގަޅު ރަޙްމަތްތެރިކަމެއް ބޭނުންވާ މީހެކެވެ. ނަމަވެސް ބައެއްފަހަރު އަހަރެމެން ރަޙްމަތްތެރިން ޚިޔާރުކުރާއިރު ވިސްނާނުލެވެއެވެ. ރަހްމަތްތެރިންނަކީ އެކުގައި ކަންތައް ހިއްސާކޮށް އެކަކު އަނެކަކަށް ހިތްވަރުދީ އުފާކޮށްދޭން ތިބޭ މީހުންނެވެ. ނަމެވެސް ބައެއްފަހަރު އަހަރެންގެ ރަހްމަތްތެރިންނަކީ ހަތުރުންނަށް ވެދެއެވެ. ނޭގި ނަމަވެސް އެމީހުންގެ ސަބަބުން އުފަލާއި ހިތްހަމަޖެހުމަށް ހުރަސް އެޅެއެވެ. މިފަދަ ރަހްމަތްތެރިންގެ ފަރާތުން މިއީ ފެންނާނެ ބައެއް ސިފައެވެ.

އޭނާގެ އެހެން ރަޙްމަތްތެރިންނާއި ވާދަ ކުރަން ޖެހުން

ބައެއް ރަހްމަތްތެރިންނަކީ އެހެން "ބެސްޓް ފްރެންޑުން" ގެންގުޅޭ މީހުންނެވެ. ތިބާ ގާތުގައި އަބަދުވެސް އެހެން ރަހްމަތްތެރިން ރަނގަޅު ވާހަކައާއި އެމީހުންނާއި ހޭދާކުރާ ވަގުތުގެ ވާހަކަ ދެއްކުމަކީ ތިބާ އޭނާގެ އެންމެ ގާތް މީހާއަށް ވުމަށް ވާދަކުރަން ހިތްވަރުދޭ ކަމެކެވެ. ނޭގި ނަމަވެސް ތިބާއާއި އެހެން މީހުންނާއި އަޅާކިޔައި ވާދަކުރެވޭނެއެވެ. 

އަބަދުވެސް ކުރާ ކަންކަމަށް ފާޑު ކިއުން

މިބުނަނީ ރަނގަޅު ކަމަކަސް ނުބައި ކަމަކަސް އޭނާގެ ފަރާތުން "ނެގެޓިވް" ފާޑުކިއުން އައުމެވެ. ޚާއްސަކޮށް ތިބާ ވަރަށް މަސައްކަތުން ކުރާ ކަމެއްގައިވެސް އޭގެ ހުންނަ ރަނގަޅު ކަންތަކަށް ވުރެ ގިނައިން  ހިތްހަމަނުޖެހޭ ކަންތަކުގެ ވާހަކަ ދެއްކުމެވެ. އަދި މިގޮތަށް ވާހަކަ ދައްކާއިރު ކަމެއް ރަނގަޅު ކުރަންވީ ގޮތް އިތުރަށް ކިޔައި ނުދިނުމެވެ.

ތިބާގެ ކިޔެވުމާއި ދީނީ ކަންކަމާއި ދުރުކުރުން

ނަމާދު ގަޑީގައި އޭނާއާއި އެއްކޮށް ތަންތަނަށް ގޮސް ކަންތައް ކުރަން ޖެހޭ ހެއްޔެވެ؟ ނަމާދު ގަޑި ފާއިތުވެގެން ދާއިރުވެސް އެކަމުގައި މަޝްޢޫލުކުރަން އުޅޭ ހެއްޔެވެ؟ ކިޔަވަން އިންނަ ގަޑީ ގުޅައި އުދަނގޫ ކުރޭ ހެއްޔެވެ؟ އެހެން ވިއްޔާ އޭނާއާއި ރަނގަޅަށް ވާހަކަ ދައްކައި ވިސްނައިދޭން މަސައްކަތް ކުރާށެވެ. އެކަން ޤަބޫލްނުކުރާނަމަ ތިޔައީ ހެޔޮ އެކުވެރިއެއް ނޫނެވެ.

ތިބާގެ ދައްކާ ވާހަކަ އަޑުނާހައި އޭނާ ދައްކާ ވާހަކަ އަޑުއެހުމަށް ބުނުން

ރަހްމަތްތެރިންގެ އެންމެ ހިތް އެދެވޭ ސިފައަކީ އަޑު އެހުމެވެ. ނަމަވެސް ބައެއް ރަހްމަތްތެރިންގެ ފަރާތުން ވަރަށް ބޮޑަށް އަމިއްލަ އެދުން އިސްކުރާތަން ފެންނާނެއެވެ. ތިބާ ހިތުގައި ހުރި އުދާސްތައް ބޭރުކުރަން ފުރުސަތު ނުދީ އޭނާ އަށް އުދަނގޫ ވާހަކަ ދައްކާނެއެވެ. ނޫނީ ވާހަކަ އޮޅުވައިލައި އެހެންކަމަކާއި މަޝްޢޫލުކުރަން އުޅޭނެއެވެ. ނަމަވެސް އޭނާއަށް ހިތާމަވެރިކަމެއް އިޙްސާސްވެއްޖެނަމަ އޭނާ ދައްކާ ވާހަކަ އަޑުއެހުމަށް ބުނާނެއެވެ.

އެކުގައި ބައްދަލުކުރާނެ ދުވަހަކާއި ކުރާނެ ކަންތައް އަބަދެވެސް އޭނާ ކަނޑައެޅުން

ރަހްމަތްތެރިކަމަކީ ދެފަރާތަށްވެސް އޮންނަ ހިތްހަމަޖެހުމެކެވެ. އެކަކު އަނެކަކާއި ވާހަކަ ދައްކައި ދެމީހުން ހިތްއެދޭ ކަންތައް ހިއްސާކުރުމަކަކީ ރަޙްމަތްތެރިކަން ވަރުގަދަވާ ކަމެކެވެ. ނަމަވެސް އަބަދުވެސް ދާންވީ ތަނާއި ގަޑި އެއީ އޭނާ ނިންމާ އެއްޗެއް ކަމުގައި ވުމީ އޭނާ ތިބާގެ އުފަލަށް ނުވިސްނައި އަމިއްލަ އެދުން އިސްކުރާކަމުގެ ނިޝާނެކެވެ.

ކޮންމެ ވަގުތެއްގައިވެސް ރަހްމަތްތެރިކަން ކެނޑިދާނެކަމަށް ތިބާއަށް ހީވުން

އަބަދުވެސް މިބިރު ހިތުގައި އޮތުމަކީ ތި ރަޙްމަތްތެރިކަމުގެ ގުޅުމަކީ ތިބާއަށް ރަނގަޅު ގުޅުމެއް ނޫންކަން އަންގައިދޭ ނިޝާނެކެވެ. އެކަމުގެ ސަބަބުން އުދާސްވެ މީހާ ހަމަޖެހިލައިގެން ހުރުމަށް ހުރަސް އަޅާނެއެވެ.

މީގައި މިވާ ގިނަ ސިފަތަށް ތިބާގެ ރަހްމަތްތެރިކަމުން ފެންނަ ނަމަ ސަމާލުވާށެވެ. ދެ ރަހްމަތްތެރިން މިކަމާއި ބެހޭގޮތުން ވާހަކަ ދައްކައި މަޝްވަރާ ކުރާށެވެ. އޭނާގެ ފަރާތުން މިކަމުގައި ހިތްހަމަނުޖެހުމާއި އަޑުއަހަން ބޭނުންނުވާކަން ދައްކާނަމަ ތިއީ ގެންގުޅުމަށް ވުރެން ދޫކޮށްލުން ރަނގަޅު ރަޙްމަތްތެރިކަމެކެވެ.

 

 

 

 

ކިޔުންތެރިންގެ ހިޔާލުތައް

×

ސީން | 12 އޮގަސްޓް 2017 - 23:32

ޢެހެންވެ ރައްޓެހިން ގެންގުޅޭ ހިތް ނުވަނީ.

ޓްރެންޑިން