Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ލޯބި

އަނިޔާ ލިބެމުންދާ ގުޅުމަކުން ދުރުވާނީ ކިހިނެއް.

4 ސެޕްޓެމްބަރ 2017 - 20:00

ޙައްވާ މައިޝާ އިބްރާހީމް

ދިރިއުޅުމުގައި އެއްވެސް މީހެއްގެ ފަރާތުން ނުވަތަ ބައިވެރިޔާގެ ފަރާތުންވެސް އަނިޔާއެއް ލިބޭކަމުގައި ވާނަމަ އެމީހަކާއި ދުރުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެފަދަ ގުޅުންތަކަކީ ދިރިއުޅުން ހަލާކު ކޮށްލާވަރުގެ ނުބައި ގުޅުންތަކެކެވެ. މިފަދަ ގުޅުމެއްގައި އުޅެވޭކަމުގެ ނިޝާން ތަކުގެ ތެރޭގައި އެންމެ ފުރަތަމަ ގުޅުމެއް ފަށައިގެން އަންނަ އިރު ލޯތްބާއި އަޅާލުން ލިބޭނެއެވެ. ނަމަވެސް ގިނަ ދުވަސް ވާވަރަކަށް މި އަމަލުތައް ބަދަލުވެގެން ދާނެއެވެ. އަދި މި އަނިޔާ ލިބެމުންދާ ގުޅުމުން ދުރަށް ނުދެވޭ ކަހަލަ ގުޅުމަކަށް މި ގުޅުން ބަދަލުވެގެން ދާއިރު ނުވެސް އިނގޭނެއެވެ. އަދި މިފަދަ ގުޅުންތަކުން ދުރަށް ދިޔުމަށްޓަކައި އެކިމީހުންގެ ލަފާ ހޯދެއެވެ. ނަމަވެސް ދުރުވުމަކީ ވަރަށް އުނދަގޫކަމެކެވެ.

ތިރީގައި މި ބަލާލަނީ މިފަދަ ގުޅުމަކުން ދުރުވުމައްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.

1. ގެވެށި އަނިޔާއާއި ދެކޮޅަށް މަސައްކަތް ކުރާ ފަރާތުގެ އެހީ ހޯދުން.

2. ލިބިދާނެ ގެއްލުމަކާއި ބެހޭ ގޮތުން ވާހަކަ ދެއްކުން.

3. ކުރީބައިގައި ކަންކުރާނެ ގޮތް ރޭވުން.

4. ކޯޓުގެ އެހީގައި ދުރުގައި ހުރުމުގެ ހުކުމެއް ހޯދުން.

5. އަމިއްލަ ސަލާމަތަކީ އެންމެ މުހިއްމު ކަންކަމުގައި ދެކުން.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން