Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ލޯބި

ބައިވެރިޔާއި ގުޅުން ކެނޑުމަށް އެންމެ ރަނގަޅު ހާލަތަކީ ކޮބާ؟

18 ސެޕްޓެމްބަރ 2017 - 12:00

ޙައްވާ މައިޝާ އިބްރާހީމް

ލޯބިވެރިންނާއި ރައްޓެހިން ގިނަ މިފަދަ ޒަމާނެއްގައި އަހަރެމެންގެ ނަފްސަށް އެންމެ ރަނގަޅު ގުޅުމަކީ ކޮބައިކަން ބުނެދިނުމަށްޓަކައި އެކި ކަހަލަ ފޮތްތަކާއި ވާހަކަތައް ހުންނާނެއެވެ. އެންމެ ގިނައިން އަހަރެމެންގެ ހިތުގައި އުފެދޭ އެއްސުވާލަކީ މި ގުޅުން ދެމެހެއްޓުމަށްޓަކައި އަހަރެމެން މަސައްކަތް ކުރަންވީތޯ ނުވަތަ ގުޅުން ނިމުމަކަށް ގެންނަންވީތޯ އަމިއްލަ ނަފްސާއި ކުރެވޭ ސުވާލު ތަކެވެ. އަދި އާއިލާ ނުވަތަ ރައްޓެހިންގެ ވާހަކަތައް އަޑުއެހުމަށް ފަހު އަމިއްލައަށް ގޮތެއް ނިންމުމަކީ ވެސް އުނދަގޫ ކަމަކަށްވާ ފަހަރުވެސް އާދެއެވެ.

ފޮތެއް ނެތްނަމަވެސް ތިރީގައި މި ބަޔާންކުރަނީ ގުޅުމެއް ކެނޑުމުގެ ކުރިން ދިމާވާ އެންމެ ރަނގަޅު ބައެއް ހާލަތްތަކެވެ.

1. ނާޒުކު ހާލަތެއްގައިވާ ގުޅުމެއްގައި އުޅުން

މިކަހަލަ ގުޅުމަކީ އެއްގޮތަކަށްވެސް ފައިދާހުރި ގުޅުމެއް ނޫނެވެ. އަބަދުވެސް އަނެކާ ރުޅިއަތުވެދާނެ ކަމަށް ތިމާގެ އަމިއްލަ ކަންތައް ނުކޮށް ހުރުމާއި އަމިއްލަ ނަފްސާއި ގުޅުންކެނޑުމަކީ އެގުޅުމެއްގައި ވިހަ އެކުލެވިގެންވާ ގުޅުމެކެވެ. ގުޅުމެއްގެ އެންމެ ފުރަތަމަ ބޭނުމަކީ ތިމާދެކެ ލޯބިވާ ތިމާއަކީ ކާކުކަން ދަންނަ ރަނގަޅު މީހަކު ހޯދުމެވެ. އަދި އެއީ ތިމާއަކީ އަނެކާގެ ބޭނުންތައް ކިތަންމެ ރަނގަޅަށް ދަންނަ މީހަކު ކަމުގައިވީ ނަމަވެސް މެއެވެ. ވިސްނާލަންވީ ކަމަކީ ތިމާއަކީ ރަނގަޅު މީހެއްކަމާއި އަނެކާއަށްޓަކައި ކޮންމެހެން އެހެން މީހަކަށް ތިމާ ބަދަލުވާން ނުޖެހޭނެ ކަމެވެ.

 

2. ދިރިއުޅުމުގެ ކޮންމެ ދުވަހަކަށް އޭގެ އަސަރުކުރުން

ގުޅުމެއްގައި ވާއިރު އެކަކު އަނެކަކަށްޓަކައި ޤުރުބާންތަކެއްވެސް ވާންޖެހޭނެއެވެ. ނަމަވެސް އެގުޅުމަކީ ތިމާގެ އަމިއްލަ ނަފްސު އެގުޅުމަކަށް ހޭނެވުމަށްޓަކައި ތިމާ ގެ ވަޒީފާ އާއި ނިންމަންޖެހޭ މަސައްކަތްތައް ނުނިންމުމާއި ތިމާގެ އަމިއްލަ ނަފްސު އުފާކޮށްދޭ އެހެނިހެން ކަންތަކަށް ހުރަސްއަޅާ ގުޅުމެއްނަމަ އެއީ ރަނގަޅު ގުޅުމެއް ނޫނެވެ. އެހެނީ އުފާވެރި ގުޅުމެއްގެ ފެށުމަކީ އަދި ދެމިއޮތުމަކީވެސް ތިމާގެ އަމިއްލަ ނަފްސުވެސް އުފަލުގައި ބެހެއްޓުމެވެ.

 

3. އަނެކާއަށް މާފްކުރަމަށް ތިމާގެ އަމިއްލަ ނަފްސަށް އުނދަގޫވުން.

ގުޅުމުގައި ދިމާވާ ކަމެއްގެ ސަބަބުން ބައިވެރިޔާއަށް މާފްނުކުރެވޭ ފަހަރެއްވެސް އައިސްދާނެއެވެ. މިކަމުގައި އެކިމީހުންނަށް އެކިކަހަލަ ކަންތައްތައް ދިމާވެއެވެ. އެހެން ނަމަވެސް މާފްކުރަން ބޭނުން ނުވިޔަސް ހިތުގެ އަޑީގައި ފޮރުވައިގެން ހުރެ ކުރިއަށް ގެންދާ ގުޅުމަކީ ސިއްހަތައްވެސް އަދި ގުޅުމުގެ ފެންވަރަށްވެސް ބަދަލު އަންނާނެ ކަމެކެވެ. މާފްކުރުމަކީ ވަރަށް ކެތްތެރިކަމާއި ހިތްވަރުން ކުރެވޭ ކަމެކެވެ. ނަމަވެސް ބައެއްފަހަރު ބައިވެރިޔާގެ ފަރާތުން ލިބިގެންދާ ދެރައެއްގެ ސަބަބުން މާފްކުރަން ބޭނުންވިޔަސް ނަފްސު އެކަމާއި ދެކޮޅުހަދާފަހަރު އަތުވެދާނެއެވެ. މާފްކުރާށެވެ. ނުކުރެވޭ ހާލަތުގައި އެގުޅުމަކާއި ދުރުވާށެވެ.

 

4. އަބަދުވެސް ގުޅުން ކެނޑުމާއިދޭތެރޭގައި ވިސްނުން.

ގުޅުމާއި ދޭތެރޭގައި ވިސްނުމަކީ އެއްވެސް ހާލަތެއްގައި ގޯސް ކަމެއް ނޫނެވެ. އަދި އެއީ ކޮންމެހެން ކުރަންވެސް ޖެހޭނެ ކަމެކެވެ. އެހެން ނަމަވެސް އަބަދުމެ ގުޅުމާއި ދުރަށް ދިއުމަށްޓަކައި ވިސްނައި އެގުޅުމަކީ ތިމާއަށް ރަނގަޅު ގުޅުމެއް ނޫންކަމަށް މާގިނައިން ހީވާނަމަ އެންމެ ރަނގަޅު ގޮތަކީ އެ ގުޅުމުން ދުރުވުމެވެ. އެއީ އަހަރެމެންނަށް ހީކުރެވޭ ވަރަށްވުރެއް ރަނގަޅަށް އަހަރެންމެގެ ނަފްސު އަހަރެމެންނަށް އިނގޭތީއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

އޭނާ | 19 ސެޕްޓެމްބަރ 2017 - 17:24

އޯގާތެރިކަމާއި ރަހުމް އެއީ އޭނާގެ ކިބައިގައި ނެތްކަމެއް. ކުޑަވެސް ރަހުމެއްނެތް. އެގޮތުގައި އެތައް އަހަރެއްވޭތުވެގެން ގޮސް ދެން އެނާގެ ފަރާތުން ލިބުނީ އެއަށްވުރެ ވިޔާނުދާ، ހިތްދަތިކަމެއް. ހިލޭ އަންހެނެއް ގެންގުޅެންފެށީ.

ޓްރެންޑިން