Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ލޯބި

ހިތާމައެއް ކުރިމަތިވެފައިވާ މީހަކަށް ހިތްހަމަޖެހުން ގެނެސްދެވިދާނެ 4 ގޮތެއް

23 ސެޕްޓެމްބަރ 2017 - 12:00

ޙައްވާ އަޒްލީނާ ޢަލީ

ކޮންމެ މީހަކަށްވެސް ހަޔާތުގައި އުނދަގޫ ހިތްދަތިކަންތަކާ ކުރިމަތިލާންޖެހިދާނެއެވެ. ލޯބިވާ މީހަކު ބަލިވުން ނުވަތަ މަރުވުން، ވަޒީފާ ގެއްލުން ނުވަތަ އެނޫންވެސް ކޮންމެވެސް ކަމެކެވެ. ހިތާމައިގެ ދަނޑިވަޅުގައި އެހެންމީހުންގެ އެއްބާރުލުމާއި އެހީތެރިކަމަކީ މުހިއްމު އެއްޗެކެވެ. މިއީ އެފަދަ މީހަކަށް އެހީ ވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

ކުދިކުދި ކަންކަމުގައި އެހީވާށެވެ.

ދުވަސްކޮޅަކަށް ކުދިން ސުކޫލަށް ލައި ގެނެސް ދެވިދާނެ ވާހަކަ ބުނާށެވެ. ހިތާމަ ކުރަމުންދާ މީހަކަށް ކޮންމެ ކަމަކީވެސް އުނދަގޫ ދަތިކަމަކަށް ވެދާނެއެވެ. ކޮށްދެވޭ ކުދި ކުދި ކަންކަމަކީވެސް ތިމާގެ ރަހްމަތްތެރިޔާއަށް ނުވަތަ އާއިލާ މީހަކަށް ބޮޑު ލުޔަކަށް ވެދާނެއެވެ. އަދި އެހެން މީހުން އެހީވާން ތިބިކަމުގެ އިޙްސާސް މިކަމުގެ ސަބަބުން ކުރެވޭނެއެވެ.

 

އެކުގައި މަޖާ ކަމެއް ކުރުމަށް ރާވާލާށެވެ.

ގިނަ މީހުން ހިތާމަކުރާ މީހާ ކައިރީ ބުނަނީ ވިސްނުންތަކާއި ދުރުވެ ހިތްހަމަ ޖައްސާލައި އުފާކޮށްލުމަށެވެ. ނަމެވެސް ހަމައެކަނި ބުނާ ބަހަކުން އޭނާއަށް އެހިތްވަރު ނުލިބިދާނެއެވެ. އޭގެ ބަދަލުގައި ކަމެއް ރާވަމުން އޭނާވެސް އެކަމުގައި ބައިވެރި ކުރާށެވެ. އޭރުން ބަހަނާއެއް ދެއްކުމުގެ ފުރުސަތު ކުޑަވާނެއެވެ. މިސާލަކަށް ދަތުރަކު ދާން ނުވަތަ ހެދުމެއް ފެހުން ފަދަ ކަމެއްގައެވެ.

ދިމާވެގެން އުޅޭ ކަމެއް ކޮންމެހެން ނުބުންޏަސް މައްސަލައެއް ނޫންކަމުގައި ބުނާށެވެ.

ބައެއް މީހުން ހިތާމައިގެ ވަގުތުގައި އަނެކުންނާއި ކުރިމަތިލާން ބޭނުންނުވަނީ ކުރިމަތިކުރާނެ ސުވާލުތަކަށް ޖަވާބުދޭނެ ހިތްވަރެއް ނެތުމުންނެވެ. އެހެންކަމުން އަވަހަށް ކަންވީގަތް އޮޅުން ފިލުވަން އުޅުމުގެ ބަދަލުގައި ވަގުތުދޭށެވެ. އަދި ކޮންމެ ވަގުތެއްގައި ދައްކާ ވާހަކަ އަޑުއަހައި އެހީވެދޭން ހުރިކަމަށް ބުނާށެވެ.

އޭނާއަށް ދިމާވެފައިވާ ކަންތައްތަކުގެ ދެރަ އިޙްސާސްކުރަން ނޭގެ ވާހަކަ ބުނާށެވެ.

ބައެއް މީހުންނަށް ހީވަނީ އެހެން މީހުންނަށް ދިމާވާ ހިތާމަތަކުގެ ވާހަކަ ހިތާމަ ކުރަމުންދާ މީހާ ގާތު ދެއްކުމުން އެމީހާއަށް ހިތްހަމަޖެހުން ލިބި ވިސްނޭނެކަމަށެވެ. ނަމަވެސް ކޮންމެ މީހަކުވެސް ކަންކަމުގައި ހިތާމަވެރި އިހްސާސްތައް ކުރެވޭލެއް ތަފާތުވެދާނެއެވެ. އެހެން މީހުންގެ ހިތާމައިގެ ވާހަކަ ދެއްކުމުން ތިބާ އޭނާގެ އިހްސާސްތައް ނުދަންނަ ކަމަށް އޭނާއަށް އިހްސާސްވާނެއެވެ. ނުވަތަ އޭނާގެ ހިތާމަތައް އެހެން މީހުންނާއި އަޅާ ކިޔާކަމުގެ އިހްސާސްކުރާނެއެވެ. އޭގެ ބަދަލުގައި ތި ކުރިމަތިވެފައިވާ ކަންތައް އިހްސާސް ކުރަން އުނދަގޫ ކަމަށް ބުނާށެވެ. އަދި އޭނާއަކީ ކެތްތެރި ހިތްވަރުގަދަ މީހެއް ކަމުގައި ބުނާށެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން