Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ލޯބި

ރަނގަޅު އަންބަކަށްވުމަށް މި ސިފަތައް އަށަގަތުން މުހިއްމު

1 އޮކްޓޯބަރ 2017 - 09:00

ޙައްވާ އަޒްލީނާ ޢަލީ

ދިވެހިންގެ ހަރުބަހެއްގައި ވެއެވެ. ވަޅި ރީތީ ތޫނީއްޔާއެވެ. އަނބި ރީތީ ހެވިއްޔާއެވެ. މިއީ ހަމަ ހަޤީގަތެކެވެ. އުޅުމެއްނެތް ރީތި އަންހެނެއްގެ ރީތިކަން ފެންނާނީ ދުވަސްކޮޅަކަށެވެ. މަދު ދުވަސްކޮޅަކުން އޭނާގެ އުޅުމުގައި ހުރި އައިބުކަން ފެނި ފޫހިވެދާނެއެވެ. ނަމަވެސް އަޚްލާޤު ރަނގަޅު ދީންވެރި އަންބެއްގެ ރީތިކަން ދާނީ އެއްދުވަހަކަށްވުރެ އަނެއް ދުވަހެއް ފުރިހަމަވަމުންނެވެ. އެހެންކަމުން އެފަދަ މީހަކަށްވާން މަސައްކަތްކުރުމަކީ ކޮންމެ އަންބެއްގެވެސް އުފަލަކަށް ހަދަމާ ހެއްޔެވެ.

• ފިރިމީހާ ހިތްއުފާކޮށް އޭނާގެ ހިތަށް ފިނިކަން ގެނެސްދޭ މީހަކަށް ވެވޭތޯ ބަލާށެވެ.

• ތެދުވެރި އިތުބާރުކުރެވޭ މީހަކަށްވާން މަސައްކަތްކުރާށެވެ.

• ދަރިންނަކީ ކާމިޔާބު، ހިތްވަރުގަދަ މޮޅު ބަޔަކަށް ހަދަން މަސައްކަތްކުރާށެވެ.

• ފިރިމީހާގެ އިހްސާސްތަކަށް އިހުތިރާމްކުރަން ދަސްކުރާށެވެ.

• ފިރިމީހާގެ މުދާ ރަނގަޅަށް ބަލަހައްޓައި އެއަށް އަމާނާތްތެރިވާށެވެ.

• އަބަދުވެސް ރީތިކޮށް ގައިން މީރުވަސްދުވާ ފަދަ ގޮތެއްގައި ފިރިމީހާއާއި ބައްދަލުކުރާށެވެ.

• ފިރިމީހާ ގެއަށް ވަނުމުން ހިނިތުންވުމާއިއެކު ބައްދަލުކުރާށެވެ.

• ފިރިމީހާގެ ތަނަވަސްކަން ނެތް ފެންވަރުގެ ތަކެތި ގަނެ ހޯދަން އަބަދު ނުބުނާށެވެ.

• އެހެން މީހުންގެ ފިރިންނާއި ފިރިމީހާ އަޅާ ނުކިޔާށެވެ.

• ފިރިމީހާ އާއި އާއިލާ މީހުންނަށް ހެޔޮ ދުޢާ ކުރާށެވެ.

• ފިރިމީހާގެ މައިންބަފައިންނާއި އާއިލާއަށް އިހްތިރާމްކޮށް ހެޔޮކޮށް ހިތާށެވެ.

 

މިއީ ރަނގަޅު އަންބަކަށް ވުމަށް ވިސްނަންޖެހޭ ބައެއް ކަންތައްތަކެވެ. އުފާވެރި ދިރިއުޅުމެއްގެ ސިއްރަކީ ދެމަފިރިން އެކަކު އަނެކެއްގެ އުފާތަކަށް ވިސްނައި ހައްޤުތައް އަދާކުރުމަށް މަސައްކަތްކުރުމެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން