Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ލޯބި

އަނބިމީހާގެ ސިއްރުތައް ހިފަހައްޓައިދިނުމަށް ފިރިމީހާއަށް ކޮށްދެވިދާނެ ކަންތައްތައް

2 އޮކްޓޯބަރ 2017 - 12:00

ޙައްވާ އަޒްލީނާ ޢަލީ

ދެމެފިރިންނަކީ އެކަކު އަނެކެއްގެ ސިއްރު ހިފަހައްޓައިދޭން ޖެހޭ ބައެކެވެ. ބައެއްފަހަރު އުޅޭ މާހައުލުގެ ގޮތުން ނުވަތަ ގޭގައި އިތުރު މީހުން އުޅުމަކީ އަނބިމީހާގެ އެނގެންނުޖެހޭ ސިއްރުތައް އެހެންމީހުންނަށް އެނގޭ ސަބަބެކެވެ. މިއީ އެކަންތައްވުމުން ދުރުހެލިވުމަށް ފިރިމީހާއަށް ކޮށްދެވިދާނެ ކަންތައްތަކެވެ.

އަނބިމީހާގެ ހުއްދައާއި ނުލައި އަދި ޓަކި ނުޖަހައި ކޮޓަރިއަށް ނުވަނުމަށް ފިރިމީހާގެ އާއިލާ ގާތު އެދޭށެވެ.

ކަންކަމުގައި އާއިލާމީހުން މާގިނައިން ސުވާލުކުރާނަމަ އެއީ ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫންކަމުގައި ބުނާށެވެ.

އަނބިމީހާ ކޮޓަރީގައި ނޫޅޭ ވަގުތު ކޮޓަރީގައި ހުންނަ އަލަމާރި އަދި ކަބަޑު ފަދަ ތަކެތި ހޭވިޔަ ނުދޭށެވެ.

މިފަދަ ކަންތައް މުހިއްމުވަނީ ދެމަފިރިން ދޭތެރޭ އޮންނަ ގުޅުމާއި އިތުބާރު ދެމެހެއްޓުމަށެވެ. އަނބިމީހާ އުޅޭ ކޮޓަރިއަށް ބޭނުން މީހަކު އައިސް ވަދެ ހަދާނަމަ ނިވާވާންވެސް ބައެއްފަހަރު ވަގުތު ނުލިބިދެއެެވެ. އަދި ދެމަފިރިން ދޭތެރޭ ދެކެވޭ ވާހަކަ އެހެންމީހުންނަށް އަޑުއިވި މައްސަލަ ހޫނުވުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޙައިރާން | 3 އޮކްޓޯބަރ 2017 - 23:05

ފިރިހެނުން ނޫޅޭ އަނބިންނަށް ހެޔޮ އެދިގެން.

ޓްރެންޑިން