Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ލޯބި

ޅައުމުރުގައި ކައިވެނި ކުރުމަކީ ކައިވެނި ރޫޅޭ ސަބަބެއް.

5 އޮކްޓޯބަރ 2017 - 15:00

ފާތިމަތު މުހައްމަދު

ކައިވެނީގެ އެންމެ ބޮޑު ބާރަކީ ކައިވެނީގެ މަޤްސަދު ދެމީހުންނަށް އެގި ކައިވެންޏަށް ރަނގަޅަށް ތައްޔާރުވުމެވެ. ނަމަވެސް މުޖުތަމަޢުތަކުން މިއަދު ފެންނަ އާއިލާތަކަކީ ކައިވެންޏަށްޓަކައި ދޭންވާ އިހުތިރާމާއި ޤަދަރު ކުޑަ ކުރާ އާއިލާތަކެކެވެ. ޙާއްސަކޮށް ޅަ އުމުރުގައި ކައިވެނީގެ ހަޔާތާއި ގުޅި ދުވަސްކޮޅެއްގެ ތެރޭގައި އެ ހަޔާތާއި ވަކިވާ ކުދިންނެވެ. ކޮލެޖް ތަޢުލީމާއި އުނގެނުމުގެ ނިޒާމުގެ ވިއުގަނޑުން ރެކިގަނެ ކައިވެންޏަށްޓަކައި ހޭލުންތެރިނުވެވޭ ކުދިންނަކީ ގިނަފަހަރު ވަރީގެ މަރުހަލާއަށްދާ ކުދިންނެވެ.

ކޮންމެއަކަސް ޅައުމުރުއްސުރެ މީހުންނާ ރައްޓެހިވެގެން އުޅުމުގެ އިތުރުން ކައިވެނީގެ ކުރިން އެކުގައި ދިރިއުޅުން ފަދަ ކަންކަން ދިމާވަނީވެސް ކަންބޮޑުވާންޖެހޭ މިންވަރަށެވެ. މިކަންކަން އާންމުވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކައިވެންޏަކަށްފަހު އަންނަންޖެހޭ އުފަލާއި ލައްޒަތުގެ މުހިއްމުކަން މިވަނީ ބޮޑުތަނުން ކެނޑިފައެވެ. އެހެންކަމުން، ޘާނަވީ ތައުލީމުގެ ދުވަސްވަރުއްސުރެ ދެޖިންސުގެ ދެމެދުގައި އޮންނަ ގައިގޯޅި ގުޅުމުގެ ސަބަބުން، ކައިވެނި ކުރުމަކުން ކޮންމެހެން މާބޮޑު ތަފާތެއް އަންނަ ކަމުގެ އިހުސާސެއް ގިނަ މީހުންނަކަށް ނުކުރެވެއެވެ.

ވިސްނުމާއި ހިޔާލާއި ފިކުރު ކައިވެންޏަށްޓަކައި ޅަ ވުމުގެ ސަބަބުން ގިނަ ފަހަރު ލިބޭ ދަރިންނާއި މެދު ހަރުދަނާ އުސޫލެއް ގެންގުޅުމަށް ނުކުޅެދެއެވެ. ގިނަ ފަހަރަށް މިހެންވެގެންދަނީ މިނިވަން ވިސްނުންތަކެއް ހުރުމުގެ ސަބަބަން ދިރިއުޅުމުގައި އުފުލަންޖެހޭ ބުރަތަކާއި މަސްއޫލިއްޔަތުތަކަށް ގަދަރު ނުކުރެވޭތީއެވެ. ރައްޓެހިންނާއިއެކު ވަގުތު ހޭދަކުރެވޭ ހިނދު އުޅެވެނީ ދަރިން ގޭގައި ބައިތިއްބާފަކަމެއް ނޭނގެއެވެ. ނުވަތަ އަނބިމިހާ އަދި ފިރިމީހާއަށް އަޅާނުލެވިކަމެއް ނޭނގެއެވެ.

ކަންމިހެންއޮތްއިރު ވަރީގެ މައްސަލައަކީ މުޖުތަމަޢުތަކަށް ދިމާވެފައިވާ ވަބާއެކެވެ. ހަރުދަނާވެފައިތިބި ހަރު މީހުންކަމުގައިވިޔަސްމެއެވެ. ޙާއްސަކޮށް ޅަ އުމުރުގައި ކައިވެންޏަށް މަރުހަބާ ކިޔާ ސިކުނޑިތަކެވެ. އެހެންކަމުން ހަޔާތަށްޓަކައި ރަނގަޅު ފާލެއް ބިނާކުރުމަށްޓަކައި ބުއްދިވެރީ ޅައުމުރުގައި ކައިވެންޏަށް މަރުހަބާނުކިޔުމެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން